ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި
ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި

ސެމްސަންގް ގެލަކްސީ ނޯޓް 9 އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނާތީ އިވިއްޖެ އެވެ. ސެމްސަންގް ތެރޭގައި ދެކެވޭ ވާހަކަތައް ދެނެތިބި މީހުން ބުނާ ގޮތުގަައި، އަސްލާ އެއްގޮތް ނޯޓް 9ގެ މޮޑެލްތަކެއް، އަންނަ އަހަރު ފުރަތަމަ ކޮޅުގައި ޓެސްޓްކުރަން ފަށާނެ އެވެ.

ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި
ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި

ގެލަކްސީ ނޯޓް ސީރީޒަކީ ސެމްސަންގް އަށް ކާމިޔާބު ފޯނުތަކެކެވެ. ނޯޓް 7 އަށް ހިތާމަވެރި ހާދިސާތަކެއް މެދުވެރިވި ނަމަވެސް، ސެމްސަންގް ވަނީ އެކަމުން އަރައިގެންފަ އެވެ. ނޯޓް 7 އެއީ ނޯޓް 7 ގޮތުގައި ނުގުނި ނަމަވެސް، "ގެލަކްސީ ނޯޓް ފޭންޑަމް އެޑިޝަން"ގެ ގޮތުގައި އެ ފޯނުތައް މިހާރު ވަނީ ވަކި ބައްރުތަކަކަށް ވިއްކަން ނެރެފަ އެވެ.

ގެލަކްސީ ނޯޓް 8 މާކެޓަށް ނެރުނު ނަމަވެސް، އެވްރެޖް މީހުން އަތްފޯރާ ފަށަކަށް އަދި ނާދެ އެވެ. ނޯޓް 8 އަގުބޮޑުވުމުގެ އިތުރުން ބޭނުންޖެހިފައި ތިބި މީހުން ގިނަކަމުން އަގު ދަށަށް ދާ ގޮތެއް އަދި ނުވެ އެވެ. އެހެން ނަމަވެސް ސެމްސަންގްއިން އެ ވަނީ ދެން ނެރެން ހުރި ފޯނުތައް ކުރަހައި މަގުޗާޓު އެކުލަވާލާފަ އެވެ.

ސައުތު ކޮރެއާގައި ސެމްސްންގާ ގުޅުން ހުރި މީހުން ބުނާ ގޮތުގައި، ނޯޓް 9 އުފައްދަނީ ކޯޑް ނަމެއް ވެސް ދީގެންނެވެ. ބުނެވޭ ގޮތުގައި އެއީ "ކްރައުން" އެވެ. ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ނޯޓް 9 މުޅިން ފައްކާކުރެވޭ ވަރު ވާނެ ކަމަށް ބެލެވެނީ 2018، އަންނަ އަހަރު މެދާ ހިސާބުގަ އެވެ. ނޯޓް 9 ގައި ހިމެނޭ ހާޑްވެއާ އަދި އެހެނިހެން ފީޗާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.