ޑައިރެެކްޓަރު ބްރަޔަން ސިންގާއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި
ޑައިރެެކްޓަރު ބްރަޔަން ސިންގާއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި

އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފްރެންޗައިޒެއް ކަމަށްވާ "އެކްސް މެން" ގެ ޑައިރެކްޓަރު ބްރަޔަން ސިންގާއާ ދެކޮޅަށް ޔުނިވަސިޓީ އޮފް ސަދަން ކެލިފޯނިއާ (ޔޫއެސްސީ) ގެ ދަރިވަރުންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

ޑައިރެެކްޓަރު ބްރަޔަން ސިންގާއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި
ޑައިރެެކްޓަރު ބްރަޔަން ސިންގާއާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި

"އަންޔޫޝުއަލް ސަސްޕެކްޓްސް" އާއި "ވަލްކިރީ" ފަދަ ފިލްމްތައް ވެސް ގެނެސް ދީފައިވާ ޑައިރެކްޓަރާ ދެކޮޅަށް ދަރިވަރުންތަކެއް ނުކުތީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ މައްސަލަތަކާ ގުޅިގެންނެވެ. އެހެންވެ ޔޫއެސްސީގައި ފިލްމް މޭކިން ކިޔަވަމުން އަންނަ ދަރިވަރުންގެ ޕެޓިޝްގައި ޑިމާންޑް ކުރަނީ އެ ޔުނިވަސިޓީގެ ސްކޫލް ޑިވިޝަން އޮފް ސިނެމާ އެންޑް މީޑިއާ ސްޓަޑީޒުން ބްރަޔަން ވަކި ކުރުމަށެވެ.

ޕެޓިޝަނުގައި މިހާތަނަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ ޖިންސީ ތުހުމަތުތަކެއް ކުރެވޭ މީހަކާ އެކު ޔޫއެސްސީން މަސައްކަތް ކުރާ ނަމަ އެއިން ދައްކުވައި ދޭނީ އެފަދަ އަމަލުތައް ހިންގާ މީހުންނަށް އެތަނުން ވެސް ތާއީދު ކުރާކަން ކަމަށާ މުނިފޫހި ފިލުވުމުގެ ދާއިރާގެ ތެރޭގައި ތިބި ނުފޫޒު ގަދަ މީހުންގެ ބާރު ގަދަކަން ކަމަށެވެ.

އެހެންވެ އެންމެ ރަނގަޅު ގޮތަކީ އެފަދަ ތުހުމަތުތައް ކުރެވޭ މީހުންނާ އެކު މަސައްކަތް ނުކުރުން ކަމަށާއި ބްރަޔަން ވަކިކޮށް ދޭން އެދޭ ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

މި ޕެޓިޝަނާ ގުޅިގެން ޔޫއެސްސީގެ ސިނެމެޓިކް އާޓްސް އިން ބުނީ ދަރިވަރުންގެ ޕެޓިޝަން އެ މީހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މީހުންގެ ކަންބޮޑުވުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނެ ކަމަށެވެ.

މި ފަހަކަށް އައިސް ބްޔަރަން 52، ގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. އެގޮތުން ބައެއް ފިރިހެނުން ވަނީ ބްޔަރަންގެ ފަރާތުން ޖިންސީ ގޯނާ ތަޖުރިބާ ކުރަން ޖެހުނު ކަމަށް ބުނެ 2014 ގެ ތެރޭގައި އެ ވާހަކަތައް ދައްކައިފަ އެވެ.

ޕްރޮޑިއުސަރުންގެ ތެރޭގައި ބްރަޔަން ހިމެނޭ އެކްސްގެ މެންގެ ކުރިއަށް އޮތް ފިލްމް "އެކްސް މެން: ދަ ޑާކް ފީނިކްސް" ގެ ބަތަލާ ޖެސިކާ ޗެސްޓެއިން ބުނީ އޭނާ ވެސް ބްރަޔަންއާ އެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު އެ ފިލްމަށް ސޮއި ކުރީ އޭގެ ޑައިރެކްޓަރު ސައިމަން ކިންބާގްއަކީ ގާތް ރަހުމްތެރިއަކަށްވާތީ ކަމަށް ބުންޏެވެ.

"މިއީ އޭނާގަ ފުރަތަމަ ޑައިރެކްޝަން ވެސް މެ. އަހަންނަށް ވަރަށް ކަމުދާ ސްކްރީންރައިޓަރެއް އަދި ޕްރޮޑިއުސަރެއް ސައިމަންއަކީ،" އޭނާއާ ފުރަތަމަ ދިމާވީ "ދަ މާޝަން" ގެ ސެޓުންކަން ފާހަގަކޮށް ޖެސިކާ ބުންޏެވެ. "އެހެންވެ ސައިމަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމުން ފުރުސަތު ލިބުނީމަ ދޫކޮށްލަން ބޭނުން ނުވީ."

ބަތަލާ މިޝެލް ކްލޫނީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބްޔަރަން މިހާރު އަންނަނީ އަންނަ އަހަރު ރިލީޒް ކުރާ ބައޮގްރަފިކަލް ޑްރާމާ "ބޮހެމިއަން ރާޕްސޮޑީ" ޑައިރެކްޓް ކުރަމުންނެވެ.