ޓްވީޓްގައި 280 ކެރެކްޓާ ލިޔެވޭ ގޮތް ހަދަނީ
ޓްވީޓްގައި 280 ކެރެކްޓާ ލިޔެވޭ ގޮތް ހަދަނީ

ޓްވީޓްގެ ދިގުމިން 140 ކެރެކްޓާގައި ހިފެހެއްޓުން ދޫކޮށްލައި 280 ކެރެކްޓާގެ ޓްވީޓް ކުރެވޭ ގޮތަށް ބަދަލުކުރާނެކަން ޓްވިޓާއިން މިއަދު އިއުލާނުކޮށްފި އެވެ.

ޓްވިޓާއިން ސެޕްޓެމްބަރު މަހު ވަނީ 280 ކެރެކްޓާގެ ޓްވީޓް ޓެސްޓްކޮށްފަ އެވެ. މި ބަދަލަށް ބޮޑު ތަރުހީބެއް ލިބުނު އިރު އަނެއް ބަޔަކު ވަނީ މިގޮތަށް ހެދުމުން ޓްވިޓާގެ ހަގީގީ ސިފަ ގެއްލި އުނދަގުލަކަށް ވާނެ ކަމަށް ބުނެފަ އެވެ.

ނަމަވެސް ޖަޕާން، ޗައިނާ އަދި ކޮރެއާ ބަސް ފަދަ، މަދު ކެރެކްޓާތައް ބޭނުންކުރަންޖެހޭ ބައެއް ބަސްބަހުން ދެން ވެސް ލިޔެވޭނީ 140 ކެރެކްޓާ ކަމަށް ޓްވިޓާއިން ބުންޏެވެ.

މި ގެނައި ބަދަލު ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ލިބޭނެ ކަމަށް ޓްވިޓާއިން ބުންޏެވެ. އެކަމަކު އަޕްޑޭޓް ދޫކުރަން ފަށާނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ.