އެސްބީއައި އައްޑޫ ބްރާންޗުގެ ސެކިއުރިޓީ އަށް ހަމަލަދީ، އޭޓީއެމުން ފައިސާ ނަގަން އުޅެފި
އެސްބީއައި އައްޑޫ ބްރާންޗުގެ ސެކިއުރިޓީ އަށް ހަމަލަދީ، އޭޓީއެމުން ފައިސާ ނަގަން އުޅެފި

އައްޑޫ ހިތަދޫގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ބްރާންޗްގެ ސެކިއުރިޓީ އަށް ތޫނު އެއްޗަކުން ރޭ ދަންވަރު ހަމަލާދީ، އެތަނުގެ އޭޓީއެމަށް ގެއްލުން ދިނުމަށް ފަހު ފައިސާ ނަގަން މަސައްކަތް ކޮށްފި އެވެ.

މި ހާދިސާގައި ބަންގްލަދޭޝްގެ ސެކިއުރިޓީ ގާޑުގެ ކޮނޑަށް ހަމަލާ ދިނުމުން އޭނާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. އެކަމަކު އޭނާ އަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.

ހިތަދޫ ބޮޑު މަގުގައި ހުންނަ އެސްބީއައިގެ އޭޓީއެމް ހަލާކުކޮށްލައިގެން ފައިސާ ނަގަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ.

ސެކިއުރިޓީ އަށް ހަމަލަދިން މީހާ ހައްޔަރުކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދިއެއް ނުބުނެ އެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.