08 ނޮވެމްބަރ 2017 - 06:37

ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް ދޭ އެންމެ ޚާއްސަ އެވޯޑު ކަމަށްވާ އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑު 2017 ބާއްވައިފި އެވެ. ޓީވީގައި މަސައްކަތްކުރާ ގިނަ ތަރިންތަކެއް މި އެވޯޑު ޝޯގައި ވަނީ ބައިވެރިވެފަ އެވެ.
މި ޝޯގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ "އިޝަގްބާޒް" ގައި ލީޑް ރޯލު ކުޅޭ ނަކުލް މެހެތާ އާއި "ޝަކްތީ - އޭކް އަސްތުތިވަ ކާ އިހްސާސް"ގެ ބަތަލު ވިވިއަން ދަސޭނާ އެވެ.
އެންމެ މޮޅު ބަތަލާގެ ޖޫރީ އެވޯޑު ގެންދިޔައީ "ބޭހަދު"ގެ ބަތަލާ ޖެނިފާ ވިންގެޓް އެވެ. އެންމެ މޮޅު ބަތަލާގެ ޕޮޕިއުލާ އެވޯޑު ގެންދިޔައީ "ސްވަރާގިނީ"ގެ ބަތަލާ ހެލީ ޝާހު އެވެ.
ބެސްޓް ކޮސްޓިއުމް ގެންދިޔައީ "ޗަންދުރަކާންތާ" އެވެ. ބެސްޓް އެކްޓްރެސް އިން ކޮމެޑީ ރޯލު ލިބުނީ "ބާބީ ޖީ ގަރް ޕަރް ހޭ"ގެ ބަތަލާ ޝުބާންގީ އެޓްރޭ އަށެވެ.
މޯސްޓް އެންޓަޓެއިނިން ޕާސަނަލިޓީ އޮން ޓީވީގެ އެވޯޑު މަނީޝް ޕޯލް އަށް ލިބުނުއިރު މޯސްޓް ޕޮޕިއުލާ ޓީވީ ޕާސަނަލިޓީގެ އެވޯޑު ގެންދިޔައީ ފަރާ ޚާނެވެ. އެންމެ މޮޅު ޝޯގެ އެވޯޑު "އިޝަގްބާޒް" އަށް ލިބުނުއިރު ދައްކާތާ އެންމެ ގިނަ ދުވަސްވީ އެންމެ މޮޅު ޝޯގެ އެވޯޑު ގެންދިޔައީ "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ" އެވެ.
މި އެވޯޑު ޝޯގައި ޓީވީގައި މަސައްކަތްކުރާ ބައެއް ތަރިންގެ ޕާފޯމަންސްތައް ވެސް ފެނިގެން ދިޔަ އެވެ.