ބީއެމްއެލް އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފި
ބީއެމްއެލް އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ރޭ ވަޒަންކޮށްފި އެވެ.

ބީއެމްއެލް އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފި
ބީއެމްއެލް އަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކޮށްފި

އެ ބޭންކަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑް ދިނީ އެކަމަށް ޚާއްސަކޮށް، ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި 24 މުވައްޒަފެއްގެ އަގު ވަންކޮށް އެވޯޑް ދިނެވެ.

އެއީ 15، 20، 25، 30 އަދި 35 އަހަރު ބީއެމްއެލް އަށް ޚިދުމަތް ކޮށްފައިވާ މީހުންނެވެ. އޭގެ ތެރެއިން އެންމެ ދިގު މުއްދަތަށް ޚިދުމަތް ކުރި މުވައްޒަފުންނަކީ، ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނާއި އިސްލާމިކް ބޭންކިންގެ ޑިރެކްޓަރު ފާތިމަތު މަނިކެ އަދި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުހައްމަދެވެ.

"އެތައް އަހަރެއް ވަންދެން ތި ބޭފުޅުން ދައްކަވާފައިވާ ހީވާގި ކަމަށާއި ފަރުވާތެރި ކަމަށްޓަކައި ތިއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ތިޔަ ބޭފުޅުން ކޮށްދެއްވާފައިވާ ގިނަ ގުނަ ޚިދުމަތުގެ އަގު ވަޒަންކޮށް މިފަދަ ޝުކުރުގެ އިނާމެއް ދެވޭކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވުމަށް ފަހު، ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވި އެވެ.

ބީއެމްއެލް އަށް ދިގު މުއްދަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް އެވޯޑް ދީފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ބީއެމްއެލް އިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގު ވަޒަންކުރުމުގެ ގޮތުން މި އަހަރު އެ ބޭންކަށް ވަނީ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ވެސް ލިބިފަ އެވެ.