ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި
ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި

ކޮލަމްބޯ (ނޮވެމްބަރު 7) - ސްރީ ލަންކާގައި ތެލުގެ ދަތިކަން ބޮޑުވެ ތެޔޮ އަޅަން ސްޓޭޝަންތަކުގައި ދިގު ކިޔޫތައް ހަދައިފި އެވެ.

ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި
ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި

ތެޔޮ ލިބުން ދަތިވުމުން ބައެއް މީހުން ވަނީ ވެހިކަލްތައް ގަރާޖުގައި ބާއްވަން ޖެހިފަ އެވެ. ތެޔޮ ނުލިބި، އެތައް ބަޔަކަށް އެކަމުގެ އުނދަގޫތައް ކުރިމަތިވުމުން ތެލާ ބެހޭ ވަޒީރު އަރުޖުނާ ރަނަތުންގާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ. އަދި މައްސަލަ ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރަނަތުންގާ ވިދާޅުވި އެވެ.

ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި
ލަންކާގައި ތެލުގެ ދަތިކަން ކުރިމަތިވެ ތެޔޮ އަޅަން ދިގު ކިޔޫތައް ހަދައިފި

ލަންކާގައި ތެލުގެ ދަތިކަންކުރިމަތިވި ކަމަށް ވަނީ އެ ގައުމަށް ގެންދިޔަ 40،000 ޓަނުގެ ތެޔޮ އަނބުރާ ފޮނުވާލުމުންނެވެ. ތެލުގެ ޝިޕްމަންޓް އަނބުރާ ފޮނުވާލީ ނުސާފު ކަމަށް ބުނެ އެވެ.

"މި ދިމާވި ކަންތަކަށް މައާފަށް އެދެން. އެންމެ ފަހުގެ ޝިޕްމަންޓް ލަންކާ އިން ގަބޫލް ނުކުރީ ވެހިކަލް ދުއްވާ ފަރާތްތަކަށް ފެންވަރު ދަށް ތެލެއް ނުވިއްކަން ވެގެން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނަތުންގާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެލުގެ އާ ޝިޕްމަންޓެއް މި މަސް ފެށޭ ހިސާބުގައި ލިބޭނެ ކަމަށް އުއްމީދު ކުރި ކަމަށެވެ. ނަމަވެސް ތެލުގެ ދަތިކަން ކުރިމަތިވީ އެ ޝިޕްމަންޓް ޑިލޭވެގެން ކަމަށް ވިދާޅުވި އެވެ. މިހާރު ލަފާކުރާ ގޮތުން ތެލުގެ އާ ޝިޕްމަންޓް ލިބޭނީ މާދަމާ ރެ އެވެ.

ތެލުގެ ދަތިކަން ކުރިމަތިވުމުން ލަންކާގައި މިހާރު ވަނީ އަމިއްލަ މީހުންގެ ވެހިކަލްތައް ގަރާޖަށްލުމަށް ފަހު ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރަން ފަށައިފަ އެވެ.

ރަނަތުންގާ ވިދާޅުވީ ތެލުގެ ހާލަތު ގޯސްވީ ސޯޝަލް މީޑިއާގައި އާއްމުވި ރިޕޯޓްތަކާ ގުޅިގެން ގިނަ ބަޔަކު އެއް ފަހަރާ ތެޔޮ ގަނެ، ތެޔޮ ނުލިބިދާނެ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އުފެދުމުން ކަމަށެވެ.

ޕެޓްރޯލިއަމް އޮފިޝަލުން ވިދާޅުވީ ސްޓޯރޭޖް ޓޭންކުތަކުގެ ލެވެލް 10،000 ޓަނަށް ދަށްވެފައިވާ ކަމަށާއި ދުވާލަކު ބޭނުންކުރާ 2،500 ޓަނު ވޭތުވެދިޔަ ދެ ދުވަހު 50 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.