ވަންޕްލަސް 5ޓީ: އަގަކީ 600 ޑޮލަރު
ވަންޕްލަސް 5ޓީ: އަގަކީ 600 ޑޮލަރު

ވަންޕްލަސްއިން ދެން ތައާރުފުކުރާ ފޯނަކީ "ވަންޕްލަސް 5ޓީ" އެވެ. އެކަން މިހާރު ކަށަވަރުވެއްޖެ އެވެ. ވަރަށް ބޮޑު އަޖައިބެއް މެދުވެރިވެގެން މެނުވީ އެ ނަމަށް އިތުރު ބަދަލެއް ދެން ނާންނާނެ އެވެ. ކުންފުނީގެ އޮފިޝަލުން ވެސް ތިބީ އެ ވިސްނުމުގަ އެވެ.

ވަންޕްލަސް 5ޓީ: އަގަކީ 600 ޑޮލަރު
ވަންޕްލަސް 5ޓީ: އަގަކީ 600 ޑޮލަރު

ވަންޕްލަސް 5ޓީގެ އަގަކީ 600 ޑޮލަރެވެ. އެ ވަރުން ފުދޭނެތޯ ސުވާލުކުރުމުން، ވަންޕްލަސް ކުންފުނީގެ ސީއީއޯ ވިދާޅުވީ "ފުދޭނެ" ކަމަށެވެ. މާނަ އަކީ އެ ފޯނުގެ އަގު 599 ޑޮލަރަށް ވެސް ވެދާނެ ކަމެވެ.

ވަންޕްލަސް އަކީ ވަރަށް އަބުއި ކުންފުންޏެކެވެ. އެ މީހުން ކުރާ ކަންތައްތަކާ ކޮންމެހެން ބެހޭނެ ކަމެއް ނެތެވެ. އެ ކުންފުނިން ފޯނުތައް މާކެޓަށް ތައާރުރުކުރަން ފެށި ގޮތަށް ބެލި ނަމަވެސް، ރައްޓެހި ނޫން ގޮތްތަކެއް ގެންގުޅެފައި ވެ އެވެ. ފޯނުތައް ވިއްކީ، "އިންވިޓޭޝަން އޮންލީ" ގަ އެވެ. ހަމަ އެކަނި ދައުވަތަށެވެ. ވަންޕްލަސް ފޯނެއް ގަނެވެނީ، ފޯނެއް ގަތުމަށް ދައުވަތު ލިބުމުންނެވެ. ވަންޕްލަސް ފޯނުތަކުގައި ޝާހީ ސިފަ ޖެހުނު ގޮތަކީ އެއީ އެވެ.

ވަންޕްލަސް އަށް މި އަހަރު ޑިސެމްބަރުގައި ހަތަރު އަހަރު ފުރޭނެ އެވެ. ހަގު ކުންފުންޏެކެވެ. އަމިއްލަ އަށް ތަނަވަސްކުރި އިއްޒަތްތެރިކަމެއްގެ ސަބަބުން، ސްމާޓްފޯން މާކެޓްގައި ބާރުގަދަ ކުންފުންޏަކަށް ވެއްޖެ އެވެ. ފޯނުތަކުގެ އަގާ ކުޅެލަން އެ މީހުން ޖެހި މަޅި އަކީ އަބުއިވުމެވެ.

މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ވަންޕްލަސް 5ޓީ ތައާރުފުކުރުން ލަހެއް ނުވާނެ އެވެ. ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ އެމެރިކާގައި، ނިއު ޔޯކްގަ އެވެ.

ވަންޕަސް 5 ނެރުނީ އިހަށް ދުވަހު އެވެ. އެކަމަކު ވެސް ވަންޕްލަސް 5ޓީގައި އަތްޖައްސާލުމަށްޓަކައި އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ. ވަފާތެރިންނަށް 600 ޑޮލަރަކީ ހަމަ އެކައްޗެއް ވެސް ނޫނެވެ. ފަހަރަކަށް ވުރެ ފަހަރެއް ފޯނުތަކުގެ އަގު ބޮޑުވަމުން ދިއުން ކަމަކަށް ހަދާކަށް އެ މީހުން ބޭނުމެއް ނުވެ އެވެ.