ޓެކްސަސްގެ ފައްޅިއެއްގައި ބަޑިޖަހާ 26 މީހުން މަރާލައިފި
ޓެކްސަސްގެ ފައްޅިއެއްގައި ބަޑިޖަހާ 26 މީހުން މަރާލައިފި

ޓެކްސަސް (ނޮވެމްބަރު 6) - އެމެރިކާގެ ޓެކްސަސްގެ ފައްޅިއެއްގެ ތެރޭގައި ބަޑި ޖަހާ 26 މީހުން މަރާލައިފި އެވެ.

ބަޑިޖަހާފައި ވަނީ ސަދަލެންޑް ސްޕްރިންސް ފައްޅިއެއްގަ އެވެ. ބަޑިޖެހި މީހާ ވަނީ އޭނާ ދުއްވި ވެހިކަލްތެރޭ މަރުވެފައި އޮއްވާ ފެނިފަ އެވެ. ފުލުހުން ބަޑިޖަހާ އޭނާ މަރާލީ ކަމެއް ނުވަތަ އޭނާ އަމިއްލަ އަށް މަރުވީ ކަމެއް އަދި ނޭނގެ އެވެ.

ޓެކްސަސްގެ ގަވަރްނަރު ގްރެގް އެބޮޓް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ފަސް އަހަރާއި 72 އަހަރުގެ މީހުން ހިމެނޭ ކަމަށެވެ. ބަޑިޖެހުމުން ފައްޅި ތެރޭން ވަނީ 23 މީހުން މަރުވެފަ އެވެ. ފައްޅިން ބޭރުން ވަނީ ދެ މީހުން މަރުވެފަ އެވެ. އަދި އިތުރު މީހަކު ވަނީ ހޮސްޕިޓަލުގައި މަރުވެފަ އެވެ.

އޮފިޝަލުން ބުނީ ބަޑިޖެހި މީހާގެ ނަން އަދި ސާފު ނުވާ ކަމަށެވެ. އެކަމަކު އެއީ ދޮން ނަސްލުގެ ޒުވާނެއް ކަމަށް ބުނެފައިވެ އެވެ.

ބަޑިޖެހި މީހާ ފައްޅި އަށް ވަދެފައި ވަނީ ޓެކްސަސް ގަޑިން 11:20 ގަ އެވެ. ފައްޅި ބޭރުގައި ހުރި މީހަކު ރައިފަލަކުން ހަމަލާދޭން ފެށުމުން އެ މީހާ ވަނީ ފިލަން ދުވެފައި ގޮސް ވެހިކަލަށް އަރައިފަ އެވެ.

އިއްޔެގެ ހަމަލާދީފައި މި ވަނީ އެމެރިކާގެ ތާރީޚުގައި ދިން އެންމެ ނުރައްކާ ހަމަލާގައި ލަސް ވެގަސްގައި ބަޑިޖަހާ 58 މީހުން މަރާލިތާ މަހެއްހާ ދުވަސް ފަހުންނެވެ.