ބަޔާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި
ބަޔާނުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

ޑޯޓްމަންޑް (ނޮވެމްބަރު 5) – ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 3-1 އިން ބަލިކޮށް ޖަރުމަން ލީގުގެ އެއް ވަނައިގައި ބަޔާން މިއުނިކުން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ދަށް ނަތީޖާތަކާ ގުޅިގެން ކޯޗުކަމުން ކާލޯ އަންޗެލޮޓީ ވަކިކުރުމަށް ފަހު ޔުޕް ހެއިންކެސްއާ ހަވާލުކުރި ފަހުން ބަޔާން އަންނަނީ އަނެއްކާ ވެސް ވިދަމުންނެވެ. އެ ޓީމު 26 ޕޮއިންޓް ހޯދާފައިވާއިރު ދެ ވަނައިގައި 22 ޕޮއިންޓާ އެކު އޮތީ އާރްބީ ލީޕްޒިގެވެ. ޑޯޓްމަންޑް އޮތީ 20 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ރަށުން ބޭރުގައި ޑޯޓްމަންޑާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އާޔެން ރޮބެން އެވެ. ދެ ވަނަ ލަނޑު 37 ވަނަ މިނެޓުގައި ޖެހީ ރޮބަޓް ލެވޮންޑޮސްކީ އެވެ. ތިން ވަނަ ގޯލް 67 ވަނަ މިނެޓުގައި ޑޭވިޑް އަލަބާ އެވެ.

ބަޔާނާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ލީޕްޒިގް ވަނީ ހެނޯވާ އަތުން 2-1 އިން މޮޅުވެފަ އެވެ. ހެނޯވާގެ ޖޮނަތަސް ލީޑު ނަގާފައިވަނިކޮށް ހެނޯވާ މޮޅުވީ ފަހަތުން އަރަ އެވެ. ލީޕްޒިގަށް ލަނޑު ޖަހައިދިނީ ޔޫސުފް ޕޯލްސެން އާއި ޓިމޯ ވާނާ އެވެ.