އައިފޯން 10 އަށް ކަވަރެއް މުހިންމު
އައިފޯން 10 އަށް ކަވަރެއް މުހިންމު

އައިފޯން 10 އުފައްދާފައި ވަނީ އެޕަލްގެ ހުރިހާ ހިތްވަރެއް ލައިގެންނެވެ. އައިފޯން 10ގައި ބޭނުންކޮށްފައި ވަނީ އެންމެ ބާރުގަދަ ޕްރޮސެސާ އެވެ. އެންމެ ސްމާޓް ކެމެރާ ސިސްޓަމެވެ. އެންމެ ސާފު ސްކްރީނެވެ. އަދި މިހައިތަނަށް ސްމާޓްފޯނެއްގައި ހިމެނި އެންމެ މޮޅު ބިއްލޫރި އެވެ. މާނަ އަކީ އެއީ ފޯނު ކަވަރެއް ބޭނުންނުވާ ފޯނެއް ނޫނެވެ.

އައިފޯން 10 އަށް ކަވަރެއް މުހިންމު
އައިފޯން 10 އަށް ކަވަރެއް މުހިންމު

އަގު ބޮޑު ފޯނެއް ގަންނަން އެހާ ގިނަ ފައިސާ އެއްކުރެވެނުއިރު، ނިސްބަތުން އަގު ހެޔޮ ފޯނު ކަވަރެއް ނުގަނެވެންވީ ސަބަބެއް އޮންނާނެ ކަމަކަށް ނުފެނެ އެވެ. އައިފޯން 10 އަގު ބޮޑެވެ. ސަމާލުވާން ބުނަމެވެ. ފޮޓޯއިން އެ ފެންނަނީ އައިފޯނު 10 އެކެވެ. ވެއްޓި ތެޅިފަ އެވެ.

އައިފޯން 10 ވަރަށް ކޫލް އެވެ. ފިސާރި ތެދެކެވެ. ފުރަތަމަ ބުރުގައި ވިއްކަން ނެރުނުހާ ފޯނެއް، ވިދުވަރު ދުވެލީގައި ހުސްވެ، ޚަލާސްވި އެވެ. ބިރުގަންނަހާ ހަލުއި މިނުގަ އެވެ. ފޯނަށް ކަވަރެއް ލައްވަން މި ބުނަނީ އެހެންވެ އެވެ. ތެޅިއްޖެ ނަމަ، އަތުގައި ފައިސާ ހުއްޓަސް، ތިޔަ ހީކުރާހާ އަވަހަށް ފޯނު ގަންނަން ނުލިބިދާނެތީ އެވެ.

އައިފޯން 10 ޑިޒައިންކޮށްފައި ވަނީ ނުތެޅޭ ގޮތަކަށް ނޫނެވެ. އެ އަށް އެކަށީގެންނުވާ ބާރުމިނުގައި ހަރު ތަނަކަށް ވެއްޓިއްޖެ ނަމަ ގެއްލުމެއް ނުލިބޭ އެއްޗެއް ނުދަންނަމެވެ. އައިފޯން 10 ފަދައިން، ޒަމާނީ ހުރިހާ ފޯނެއް ތަޅައިގެން ދިއުމުގައި ލަސްވަނީ ވެއްޓުމެވެ.

ސްމާޓްފޯން މަސްރަހުގައި "ޑްރޮޕް ޓެސްޓް" އަކީ މަޖާ ކަމެކެވެ. އެއީ ކޮންމެ ވެސް ބަޔަކު ސްޕޮންސާކޮށްގެން ކުރާ ކަމެކެވެ. ނޫން ނަމަ އެހާ އަގު ބޮޑު ފޯނުތައް، އަމިއްލަ ފައިސާއިން ގަނެ، ވައްޓައި ތަޅާލަން ކެތްވާނީ ކޮން ހިތަކަށް ހެއްޔެވެ؟