04 ނޮވެމްބަރ 2017 - 00:18

ދިމިޝްގު (ނޮވެމްބަރު 3) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުގައިވާ އެންމެ ފަހު އަވަށް ކަމަށްވާ ދައިރް އަލް ޒޫރު ސީރިއާ ސިފައިން މިއަދު ހިފައިފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ސީރިއާ ސިފައިން މިހާރު ދަނީ އައިއެސްގެ މަދު ހަނގުރާމަވެރިން ތިބި ތަންތަނުން އެ މީހުން ނެރެމުންނެވެ. ދައިރް އަލް ޒޫރު އައިއެސް އިން ހިފީ 2014 ވަނަ އަހަރު އެވެ. އެއީ އެ މީހުންނަށް މުހިންމު އަވަށެކެވެ. ސަބަބަކީ އިރާގުގެ ބޯޑަރާ ކައިރީގައި އެ އަވަށް އޮންނާތީ އެވެ.
އިރާގުގެ ފުރާތު ކޯރާއި ސީރިއާގައި އައިއެސްގެ ވެރި ރަށުގެ ގޮތުގައި ބެލި ރައްގާއާ ދެމެދު އޮންނަ ދައިރް އަލް ޒޫރަކީ އިރާގާއި ސީރިއާ އިން ހަނގުރާމަވެރިންނާއި ހަތިޔާރު ބަދަލު ކުރުމުގައި ވެސް ބޭނުންކުރި މުހިންމު އަވަށެކެވެ. ރައްގާ އިން އައިއެސްގެ ހަނގުރާމަވެރިން ނެރެލާފައި ވަނީ މިދިޔަ މަހު އެވެ.
އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ އެމެރިކާ ކޯލީޝަނުން ބުނެފައި ވަނީ އައިއެސްގެ ބާރުގެ ދަށުގައިވާ ބިންތަކުގެ 95 ޕަސެންޓުން އެ މީހުން މިހާރު ބޭރުކޮށްފައިވާ ކަމަށެވެ. އަދި އައިއެސްގެ ކިބައިން އިރާގުގެ 4.4 މިލިއަން މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.