ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު
ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު

ޓްވިޓާގައި އެންމެ ހަރަކާތްތެރިކޮށް އުޅެމުން އަންނަ މީހުންނަށް ހާއްސަކޮށްގެން "ޓްވިޓްސަލް"ގެ ނަމުގައި ބާއްވާ އެއް ދުވަހުގެ ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު
ޓްވިޓްސަލްގެ މެއިން ސްޕޮންސަރަކަށް ދިރާގު

އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަށް ވަނަ ޓްވިޓްސަލްގެ މެއިން ސްޕޮންސަޝިޕްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒްބަލް ހާޖްރީ އާއި ޓްވިޓްސަލް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އީވާން އާމިރެވެ.

އަންނަ މަހު ބާއްވާ މި މުބާރާތުގައި 12 ޓީމެއް ވާދަކުރެ އެވެ. އެއީ ފިރިހެން ހައެއް އަދި އަންހެނުންގެ ހަތަރު ޓީމެވެ. މި މުބާރާތަށް ޓީމުތައް ހޮވާނީ ޓްވިޓްސަލްގައި ބައިވެރިވާން އާއްމުކޮށް އިއުލާނުކުރުމުން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

ޓްވިޓްސަލް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އީވާން ބުނީ އެއް އަހަރުން އަނެއް އަހަރަށް އެ މުބާރާތަށް ލިބެމުންދާ ތަރުހީބު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މީގެ އަށް އަހަރު ކުރިން ޓްވިޓްސަލް ބޭއްވީ ދެ ޓީމަކާއެކީ ކަމަށާއި ނަމަވެސް މިއަހަރު އެ އަދަދު 12 އަށް އިތުރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި 120 މީހުން ބައިވެރިވެފައިވާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

އީވާން ބުނިގޮތުގައި މި އަހަރުގެ މުބާރާތުން ލިބޭ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ ކެއާ ސޮސައިޓީ އަށެވެ.