ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާއިލް އިސްތިއުފާ ދެއްވައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާއިލް އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް އިސްމާއިލް އަހުމަދު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

އޮކްޓޫބަރު، 2014 އެ ޓްރައިބިއުނަލް އަށް ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރެއްވި އިސްމާއިލް އެތަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވި ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ.

ޓްރައިބިއުނަލްގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އެތަނުގެ ނައިބު ރައީސް ކަމަށް އިސްމާއިލް އައްޔަންކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ޓްރައިބިއުނަލަށް އައްޔަން ކުރުމުގެ ކުރިން އިސްމާއިލް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާގެ މައްސަލަތައް ބަލާ އިދާރާ އެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްުޔަންކޮށް، ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.