އަށް ވަނަ "ދިވެހި ފިލްމް އެވޯޑްސް" ގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލައިފި
އަށް ވަނަ "ދިވެހި ފިލްމް އެވޯޑްސް" ގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލައިފި

ގައުމީ ފިލްމް އެވޯޑްސްގައި ނަމުގައި ދެމުން އަންނަ އެވޯޑްގެ ނަން މި އަހަރުން ފެށިގެން "ދިވެހި ފިލްމް އެވޯޑްސް" އަށް ބަދަލުކޮށް، މި އަހަރު ބާއްވާ އަށް ވަނަ ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރުމުގެ ފުރުސަތު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާ އެވޯޑް ހާއްސަ ކުރަނީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކަށް ކަމަށެވެެ. އެގޮތުން އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ ފޯމް އެންސީއޭގެ ރިސެޕްޝަނުންނާއި އެތަނުގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.

ދިވެހި ފިލްމް އެވޯޑްސްއަކީ ދިވެހި ފިލްމްތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހިތްވަރުދީ، އަގުވަޒަންކޮށް ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ދޭ އެވޯޑެކެވެ.

އަހަރުގެ ފަހުކޮޅު އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް ބާއްވާ އިރު، 2014 އިން މިދިޔަ އަހަރާ ހަމައަށް ރިލީޒްވީ ޖުމްލަ 17 ފިލްމެވެ.

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ، 5. އަނިޔާ

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް ބޭއްވީ 2011-2013 ގައި ރިލީޒް ކުރި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. ޖުމްލަ 11 ފީޗާ ފިލްމް ވާދަކޮށްގެން މިދިޔަ އަހަރު އެންމެ މޮޅު ފިލްމަކަށް ހޮވުނީ މޫމިން ފުއާދުގެ "ލޫދިފާ" އެވެ. އެ ފިލްމަށް ޖުމްލަ 10 ކެޓަގަރީއަކުން އެވޯޑް ލިބުނެވެ.