31 އޮކްޓޯބަރ 2017 - 18:39

ހައިދަރުއާބާދު (އޮކްޓޯބަރު 31) - އިންޑިއާގެ ދެކުނުގެ ސިޓީ ހައިދަރުއާބާދުގެ ގެއެއްގެ ފުރާޅުގެ މައްޗަށް މަތިންދާ ބޯޓުގެ ދޮރެއް ވެއްޓިއްޖެ އެވެ.
މި ހާދިސާ ހިނގީ ގޭގެ ފުރާޅުގައި ދަވާދުލާން އުޅުނު މީހަކު މެންދުރު ފުރާޅުން ފޭބިގަޑީގަ އެވެ. ފުލުހުންގެ އޮފިޝަލަކު ބުނީ ފުރާޅު މައްޗަށް ދޮރު ވެއްޓުނު އިރު އެ ސަރަހައްދުގައި ހަތަރު މީހުންނަށް އެރޭ ކުޑަ މަތިންދާ ބޯޓެއް ދަތުރު ކުރަމުން ދިޔަ ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އެ ބޯޓުގެ ޕައިލެޓާއި އޭނާގެ ޓްރެއިނީ ސަލާމަތްވި ކަމަށެވެ. ބޯޓުގެ ދޮރުވެއްޓުނު ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.
ފުލުހުންގެ އިންސްޕެކްޓަރު ކަރަން ކުމާރު ސިންގް ވިދާޅުވީ ދޮރު ވެއްޓުނީ ޓްރޭނިންގައި އުޅޭ މަތިންދާ ބޯޓުތައް އާއްމުކޮށް ތިރިން ދަތުރުކުރާ ސަރަހައްދަކަށް ކަމަށެވެ. މި ސަރަހައްދުގައި މިދިޔަ ސެޕްޓެމްބަރު މަހު މީގެ ބޯޓެއް ކްރޭޝް ލޭންޑްކުރުމުން ޕައިލެޓާއި އޭނާގެ ޓްރޭނީ ސަލާމަތްވީ ކިރިޔާ އެވެ.