ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު
ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު

ތައުލީމީ ހަޔާތުގެ އެންމެ މުހިންމު 10 އަހަރުގެ ކިޔެވުން ނިމި އެތައް ކުދިންނެއް ކުރިމަތިލަނީ ދިރިއުޅުމުގެ އަމަލީ މައިދާނަށެވެ. ގްރޭޑް 10 ނިމޭ އިރު އެކި ކުދިންގެ އިހުސާސްތައް ތަފާތެވެ. ބައެއް ކުދިންނަށް އެއީ ބޮޑު ކާމިޔާބީއެކެވެ. އަނެއް ބައި ކުދިން ކަރުނަތައް ފޮހެލަނީ އެތައް އަހަރެއްގެ ހަނދާންތަކާ ވަކިވެދާތީ އެވެ.

ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު
ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު

ގްރޭޑް 10 ނިންމާލުމަށް ފަހު ސްކޫލަށް އަލްވަދާއު ކިޔަން ޖެހުނަސް އަރުޝަދު ހުރީ ވަރަށް އުފަލުންނެވެ. އިސްކަންދަރު ސްކޫލްގެ ކެޕްޓަންގެ މަގާމުގައި ހުރެ ގްރޭޑް ގްރެޖުއޭޓްވުމަކީ އޭނާއަށް ބޮޑު ކާމިޔާބީއެކެވެ. ބެޑްމިންޓަނާއި، އެތްލެޓިކްސް އާއި ބާސްކެޓް އަދި ފުޓުބޯޅައިގައި ވެސް ބައިވެރިވެ ސްކޫލް ތަމްސީލްކޮށްދެވުމުން އޭނާގެ ހިތްހަމަޖެހުން ބޮޑެވެ.

ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު
ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު

"ގްރެޖުއޭޓް ވި ދުވަހު އުފާ ވެސް ވި. ދެރަ ވެސް ވި. ދުވަހަކު ވެސް އެ ދުވަހެއް ހަނދާނެއް ނުނެތޭނެ،" އަރުޝަދު ބުންޏެވެ.

ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު
ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ކެޕްޓަން މާވީން ވެސް ހުރީ 10 އަހަރުގެ ތައުލީމު ފުރިހަމަ ކޮށްލެވުނީތީ ވަރަށް ހިތްހަމަޖެހިފަ އެވެ. ސްކޫލަށް އަލްވަދާއު ކިޔާއިރު މާވީން އޭނާއާ އެކީ ގެންދަނީ އަހްމަދިއްޔާ އިން ދަސްވި ރިވެތި އުޅުމާއި، ސުލޫކާއި އަޚްލާގެވެ.

ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު
ސްކޫލް ގައިޑް: 10 އަހަރުގެ ހަނދާންތަކާ އެކު

"ގްރެޖުއޭޓް ވީމަ ވަރަށް އުފާވެއްޖެ. ފްރީޑަމްއެއް ލިބިއްޖެ. އަނެއްކާ ބައިވަރު އެއްޗެހި ދަސްވެއްޖެ. އެހެން ކުދިންނާ އެކީ އުޅެންވީ ގޮތާއި، ރިވެތި އަޚްލާގުގެ މުހިންމުކަމާއި، ދިރިއުޅުމަށް ނުކުންނައިރު އެނގެން ޖެހޭ ހުރިހާ ކަމެއްވެ ސް" މާވީން ބުންޏެވެ.

"މީގެ އިތުރުން ސްކޫލް ނިމުނުއިރު ލިބޭ ހިތާމައަކީ ގިނަ ދުވަސްތަކެއް ވީ ގާތް ރަހުމަތްތެރިންނާއި ލޯބިވާ ސްކޫލް ދޫކޮށް ދާން ޖެހުން."

އެއާ ކްރާފްޓް އިންޖިނިއަރަކަށް ވުމުގެ އުންމީދުގައި ހުރި ސުރެއިޖް، ތާޖުއްދީން ސްކޫލަށް އަލްވަދާއު ކިޔާއިރު އޭނާ އެންމެ ހިތްހަމަޖެހެނީ އުފާވެރި ހަނދާންތަކެއް ގެންދެވޭތީވެ އެވެ. ނަމަވެސް ވާހަކަދެއްކުމާއި، ހިއުމަން ރައިޓްސް ފޯރަމްގަޔާއި ސްކައުޓް އަދި މީޑިއާ ކްލަބުގައި ގިނަ މަސައްކަތްތަކަކާއި ކާމިޔާބީތަކެއް ސްކޫލަށް ހޯދައިދީފައިވާ އަދި 2017 ގައި އެ ސްކޫލްގެ ކެޕްޓަން ސުރެއިޖް އެހާ ދެރަ ވެސް ވެ އެވެ؛ އޭނާގެ ލޯބިވާ މަދަރުސާ ދޫކޮށް އެންމެ ފަހުން ދާން ޖެހޭތީ އެވެ.

ދިހަ އަހަރު ދުވަހުގެ ތައުލީމު ޖަމާލުއްދީން ސްކޫލުން ހާސިލްކުރެވުނީތީ އަޒުހާ ވަރަށް އުފާވެ އެވެ. އޭނާ ބުނާ ގޮތުގައި ސްކޫލް ދޫކޮށްލަން ޖެހުނަސް އެ ހަނދާންތަކާ ވަތްކެއް ނުވެވޭނެ އެވެ. ގްރޭޑް 10 ނިންމާލީ ސްކޫލްގެ ޑެޕިއުޓީ އެކްޓިވިޓީސް ކެޕްޓަންގެ މަގާމުގައި ހުރެ އެވެ. އޭނާ ބުނީ މުދައްރިސުންނާއި އެކުވެރިންގެ ފަރާތުން ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ.

"ވަރަށް ގިނަ ރަހުމަތްތެރިންތަކެއް ލިބިއްޖެ. އަދި ސްކޫލްގެ ފަރާތުން ހުޅުވައިދިން ފުރުސަތުތަކުން ކެރިއާއެއް ބިލްޑް ކުރަން ވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ،" އަޒްހާ ބުންޏެވެ.