ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި
ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި

މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ސިވިލް ކޯޓުން 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި އެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި
ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި

އާދިއްތަ ދުވަހު ސިވިލް ކޯޓުން ފާހަގަކުރި އެ ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އެ ކޯޓުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ދުވަހުގެ ނިޔަލަށް އެ ކޯޓުން ވަނީ 2،134 މައްސަލައެއް ނިންމައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމި އަދަދަށް ވުރެ މަދު އަދަދެކެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިިޔަލަށް އެ ކޯޓުން 2،800 އަށް ވުރެ ގިނަ މައްސަލަ ނިންމި އެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި
ސިވިލް ކޯޓުން އާދިއްތަ ދުވަހުގެ ނިޔަލަށް 2،100 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި

ނިމުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދުވިޔަސް އެ މުއްދަތުގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުށަހަޅާފައި ވަނީ 2،732 މައްސަލަ ކަމަށްވިޔަސް މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 3،100 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވެ އެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ތަނަށް ހުށަހެޅި 182 މައްސަލައިގެ ތެރެއިން 149 މައްސަލައެއް ނިންމައިފަ އެވެ.

ކޯޓުގެ އަހަރީ ދުވަހާ ގުޅިގެން އާދިއްތަ ދުވަހު ބޭއްވި ހަފުލާއެއްގައި އެ ކޯޓުގެ ކޮންމެ ޑިވިޝަނަކުން އެންމެ ގިނަ މައްސަލަ ނިންމި ގާޒީންނަށް ހަނދާނީ ފިލާ ދިނުމުގެ އިތުރަށް އެންމެ ރަނގަޅު މުވައްޒަފުންނަށް ވެސް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.