30 އޮކްޓޯބަރ 2017 - 14:14

ޖަނަވަރީމަގު ގައި ހުންނަ ވެލިގާ ހާޑްވެއާ 2 ފިހާރަ އިތުރަށް ބޮޑުކޮށް، ގިނަ ބަދަލުތަކާއެކު އަލުން ހުޅުވައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަލުން މަރާމާތުކުރުމަށް ފަހު ވެލިގާ ދޭއް ހުޅުވިއިރު، އެ ފިހާރަ އިތުރަށް ބޮޑުކޮށް، އާންމުނަށް ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭނެ ގޮތަކަށް ޑިޒައިން ކޮށްފައިވާ ކަމަށެވެ.
"ވެލިގާ ހާޑްވެއާ ދޭއް، ޖަނަވަރީމަގު ފިހާރަ އަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި މިވަނީ އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސޭހަ ކަމާއ އެކު ވެލިގާގެ ކޮންމެ ފިހާރައަކުން ވެސް ކަސްޓަމަރުން ބޭނުންވާ އުފެއްދުންތަށް ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށް. އަދި ޖަނަވަރީ މަގު ސަރަހައްދަކީ ބާރު ބޮޑު ސަރަހައްދަކަށް ވުމާއެކު، ކަސްޓަމަރުން ބޭނުންވާ މުދާ ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް،" އެ ކުންފުނިން ބުންޏެވެ.
ވެލިގާ އިން ބުނީ މި ފަހަރު ގެނައި ބަދަލުތަކާއެކު ވެލިގާ ހާޑްވެއާ އިން ފަހުން ހުޅުވާފައިވާ ޝޯ ރޫމްތަކާ އެއް ފެންވަރަކަށް ޖަނަވަރީ މަގުގެ ޝޯރޫމް ބަދަލުކޮށް، އެ ތަންތަނާ އެއް ފެންވަރެއްގެ ހިދުމަތެއް ލިބޭނެ ކަމަށެވެ.
ވެލިގާ ހާޑްވެއާ އިން މިހާރު އަންނަނީ މާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް ފަސް ފިހާރައަކުން އާންމުންނަށް ފެންވަރު ރަނގަޅު، އިތުބާރު އުފެއްދުން ތަކެއް ފޯރުކޮށްދެމުންނެވެ.
ދުނިޔޭގައި މަޝްހޫރު އެތައް ބްރޭންޑްތަކެއް ރާއްޖެ އެތެރެކުރަމުން އަންނަ ވެލިގާ ހާޑްވެއާއިން ވަނީ މަޝްހޫރު ޕަވާޓޫލް ބްރޭންޑެއް ކަމަށްވާ "މެޓާބޯ"ގެ އުފެއްދުންތައް ވެސް ދާދި ފަހުން ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފަށައިފަ އެވެ. އަދި ހަމަ މިއާއެކު މޭޓާބޯގެ އުފެއްދުންތަކަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމަށް ސާވިސް ސެންޓަރެއް ވެސް ވަނީ ހުޅުވައިފަ އެވެ.
ވެލިގާ ހާޑްވެއާގެ ޚިދުމަތުގެ 10 އަހަރު، ފުރޭއިރު، އެއީ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ އަދި ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ އެންމެ މަތީ ސަފުގައި ގުނާލެވޭ އެއް ކުންފުންޏެވެ.