އަމީތާބުގެ ލަަވައެއް ޕްރަބޫ ދޭވާ ކޯރިއޮގްރާފް ކޮށްދީފި
އަމީތާބުގެ ލަަވައެއް ޕްރަބޫ ދޭވާ ކޯރިއޮގްރާފް ކޮށްދީފި

އަމީތާބު ބައްޗަން ނަށާ ލަވައެއް އެކްޓަރު-ޑައިރެކްޓަރު ޕްރަބޫ ދޭވާ ކޯރިއޮގްރާފް ކޮށްދީފި އެވެ. އުމުރުން 75 އަހަރުގެ އަމީތާބަށް ޕްރަބޫ ދޭވާ ކަހަލަ ކުޅަދާނަ ނެށުންތެރިއެއްގެ ސްޓެޕްތަކެއް ހެދުމަކީ ފަސޭހަކަމެއް ނޫންކަމަށް އަމީތާބު ވަނީ އިއުތިރާފު ވެފަ އެވެ.

އަމީތާބު ކުރި ޓުވީޓެއްގައި ބުނީ 75 އަހަރުގައި ވެސް ނަށަން އެބަ ޖައްސާ ކަމަށެވެ. އަދި ނެށުން ފުރިހަމަކޮށްފައިވާ ކަމަށާއި ޑައިރެކްޓްކޮށްދިނީ ވަރަށް ކުޅަދާނަ ޕްރަބޫ ދޭވާ ކަމަށެވެ. އަދި އަމީތާބު ލައްވާ ނައްޓުވަން ހަދައިގެން، މޮޔައިން ބައިތިއްބާ ތަނަކަށް ދާން ނުޖެހި ގެއަށް ދެވުނީތީ އުފާކުރާ ކަމަށް ވެސް ބުންޏެވެ

މި ޕްރޮޖެކްޓާ ބެހޭ އެއްވެސް ތަފްސީލެއް އަމީތާބު ހާމައެއް ނުކުރެ އެވެ.

އަމީތާބު އެންމެން ފަހުން ފެނިފައިވަނީ ސޮނީ ޓީވީން ދައްކާ އޭނާގެ ކުއިޒް ޝޯ "ކޯން ބަނޭގާ ކުރޯޅްޕަތީ" އިންނެވެ. އަދި މިހާރު އޭނާ އަންނަނީ "100 ނޮޓް އައުޓް" އާއި "ތަގްްސް އޮފް ހިންދުސްތާން" ގައި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް މި ލަވައަކީ މިތަނުން ފިލްމެއްގެ ލަަވައެއް ކަމެއް ނުވަަތަ އަމީތާބު މަސައްކަތްކުރާ ކޮންމެވެސް އެހެން ޕްރޮޖެކްޓަކަށް ނެށި ލަވައެއް ކަމެއް ޔަގީނެއް ނޫނެވެ.