ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި
ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި

ރެއިންބޯ ގްރޫޕްގެ މުވައްޒަފުންގެ ކްލަބް "ރެއިންބޯ ރެކްރިއޭޝަން" އިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.

ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި
ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި

އެ ކްލަބުގެ ރައީސާ އިބްތިސާމް އާދަމް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ހެދުނު ބޭއްވި ހަރަކާތުގައި އެ ކުންފުނީގެ 120 މުވައްޒަފުން ބައިވެރިވި ކަމަށެވެ. އަދި ހުޅުމާލޭ ގެސްޓް ހައުސް ބީޗް ކައިރީގެ ސަރަހައްދުތައް ސާފުކޮށް ދެ ލޮރީގެ ކުނި އުކައިލި ކަމަށެވެ.

ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި
ރެއިންބޯ ރެކްރިއޭޝަން ކްލަބުން ހުޅުމާލެ ސާފުކޮށްފި

"އެންމެ ބޮޑަށް ފާހަގަކުރެވުނީ ސުޕާރީ ޕެކެޓާއި ސިނގިރޭޓު ފިލްޓަރު ކަހަލަަ ހޮވަން އުނދަގޫ އެއްޗެހި ވަަރަށް ގިނައިން ހުރިކަން. ދެން ގަސްތައް ތެރެއަށް، ފުޅި އާއި ދަޅު އުކައިފައި ހުރީމަ ވާރޭ ވެހޭ އިރު ފެން ހަރުލައިގެން މަދިރިފަަނި އަޅާ ގޮތަށް ހުރި ކަަން ވެސް ފާހަގަވި،" އިބްތިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަރަކާތުގެ މަގުސަދަކީ ސާފު ވެއްޓެއް ގާއިމްކުރުމާއި، ރެއިންބޯ ގްރޫޕްގެ މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން މިކަމަށް އަހުލުވެރި ކުރުވުން ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މިފަދަ އިތުރު ހަރަކާތްތައް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް އިބްތިސާމް ވިދާޅުވި އެވެ. އަދި ސާފުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު ސީއެސްއާރު ހަަރަކާތްތައް ވެސް ހިންގަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.