މަރުވި މީހާ ނޭވާލާކަން އެނގުނީ ޖަނާޒާގައި
މަރުވި މީހާ ނޭވާލާކަން އެނގުނީ ޖަނާޒާގައި

ރޫޓް ކެނަލް އޮޕަރޭޝަނެއް ކުރުމުން މަރުވި ފިރިހެނެއްގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އޭނާ ނޭވާލާން ފަށައިފި އެވެ.

ޕެރޫގެ މީހެއް ކަމަށްވާ ވޮޓްސަން ޑޮރޯޓިއޯގެ ޖަނާޒާ ކުރިއަށް ގެންދިޔައީ ސަންދޯކެއްގައި ބާއްވައިގެންނެވެ. އޭނާ މަރުނުވާކަން، ޖަނާޒާގައި ބައިވެރިވި މީހުންނަށް އެނގުނީ އޭނާގެ މޭ މަތީގެ ކަށިތައް މައްޗަށް އަރާފައި އަޑިއަށް ދާތަން ފެނުމުންނެވެ. މި މަންޒަރު ފެނުމުން ޑޮކްޓަރުންނަށް ގުޅައިގެން ގެނެސް ބެލުމުން އެނގުނީ ފުރާނަ ހުރިކަމެވެ.

ދަތުގެ އޮޕަރޭޝަނަކަށް ފަހު ހީކަރުވާފައި ހުން އައިސް ޑޯރޯޓިއޯ މަރުވީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އާޖެންޓީނާގެ ނޫހެއް ކަމަށްވާ ލޮސް އެންޑެސްގައިވާ ގޮތުން އެމީހާ ވަގުތުން ސަންދޯކުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން އަނެއްކާވެސް ނިންމި އެވެ. ނަމަވެސް އާއިލާގެ މީހުން ބުނަނީ މަރުވީ ކަމަށް ޑޮކްޓަރުން ނިންމާފައި އޮތް ހުރިހާ ވަގުތެއްގައި ވެސް އެ މީހާ ދިރިހުރިކަން ޔަގީންވާ ކަމަށެވެ. އަދި އޭނާ މަރުވި ކަމަށް ހީވީ ދީފައިވާ ބޭހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވަނީ ބެލެވިފަ އެވެ.

ޕެރޫގެ ޕްރޮސެކިއުޓަރުން މިހާރު އަންނަނީ މި މައްސަލަ ބަލަމުންނެވެ.