އަންހެނުންނާއި ދަރިފުޅު ގޭގައި ނެތިއްޔާ ވަރަށް އުފާވޭ: ސައިފް
އަންހެނުންނާއި ދަރިފުޅު ގޭގައި ނެތިއްޔާ ވަރަށް އުފާވޭ: ސައިފް

އުމުރުން އަށް މަހުގެ ދަރިފުޅު ތައިމޫރާ އެކު ވަގުތު ހޭދަކުރަން އޭނާ ލޯބިކުރާ ކަމަށާއި އެކަމަކު ދަރިފުޅާއި އަންހެނުން ކަރީނާ ކަޕޫރު ގޭގައި ނޫޅޭ ވަގުތު ލިބޭ ހިތްހަމަޖެހުން މާބޮޑު ކަމަށް ސައިފް ބުނެފި އެވެ.

ދަރިންނާއެކު ސައިފް އަލީ ޚާން އުޅޭ ގޮތް ފެނުމުން އޭނާ އަކީ ނަމޫނާ ބައްޕައެއް ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އޭނާގެ ދޮށީ ދެ ދަރިންކަމަށްވާ ސާރާ އާއި އިބްރާހިމާ އެކު އުޅޭ ގޮތާއި ހަގު ދަރިފުޅު ތައިމޫރު އުރާލައިގެން އުޅޭ ގޮތުން ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.

"ވީރޭ ދީ ވެޑިން"ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އަށް ދިއްލީ އަށް ދިޔައިރު ކަރީނާ ދިޔައީ ތައިމޫރް ގޮވައިގެން. އެހެންވެ ގޭގައި އެކަނިވީމަ އަހަރެން ވަރަށް އުފާވި. އަހަރެން އެކަނި ހުރުމަށް ވަރަށް ލޯބިކުރަން. ނަމަވެސް ދުވަސްކޮޅަކުން އަަހަރެން އެމީހުން ނެތިގެން ދެރަވާން ފެށި. އެކަމު އަހަންނަކީ އެހާ ގޮތް ބޮޑުކުރާ މީހެއް ނޫން. ތައިމޫރަކީ އަހަރެންގެ ހަޔާތުގެ ބައެއް. އަދި އަބަދުވެސް އޭނާ ބަލަހައްޓާނީ އަހަރެމެން. ނަމަވެސް އެކަނި އުޅުމަށް ލޯބިކުރާތީ އަހަންނަށް އެކަނި ވެލާނެ ވަގުތުކޮޅެއް ބޭނުންވަނީ،" ސައިފް ބުންޏެވެ.

ސައިފް ބުނި ގޮތުގައި ތައިމޫރު ބެެލެހެއްޓުމާ އޭނާ ހަވާލު ވިޔަސް ހުރިހާ ވަގުތެއްގައި ތައިމޫރު ގޮވައިގެން އުޅެން ޖެހިއްޖެނަމަ އޭނާ އުފަލެއް ނުވާނެ އެވެ.

އޭނާ ބުނީ ފިލްމުގެ ދެ ވަނަ ޝެޑިއުލް އަށް ކަރީނާ ދިޔައީ ތައިމޫރް ހަވާލުކޮށްފައި ކަމަށާއި އެހެންވެ ތައިމޫރު ވެސް އިންނަނީ މާ ދެރަވެފައި ކަމަށެވެ. އަދި މަންމަ އެނބުރި އައުމުން ތައިމޫރު އުފާވެ ގޭތެރޭގެ ފަޅުކަން ވެސް ފިލައިގެން ދިޔަ ކަމަށް ބުންޏެވެ.