"ޑަރް" އިން ވަކިކުރީ ސުވާލު ގިނަކަމުން: އާމިރު ޚާން
"ޑަރް" އިން ވަކިކުރީ ސުވާލު ގިނަކަމުން: އާމިރު ޚާން

"ޑަރް"ގެ 'ކި-ކި-ކި-ކިރާން' މި ޑައިލޯގުން ޝާހްރުކް ޚާނަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ. ހަގީގަތުގައި މި ޑައިލޯގް ކިޔަން ހަމަޖެހިފައި އޮތީ އާމިރު ޚާން އެވެ. ފިލްމުގެ ބަތަލަކަށް ފުރަތަމަ ހަމަޖެހިފައި އޮތީ އޭނާ އެވެ.

"ޑަރް" އިން ވަކިކުރީ ސުވާލު ގިނަކަމުން: އާމިރު ޚާން
"ޑަރް" އިން ވަކިކުރީ ސުވާލު ގިނަކަމުން: އާމިރު ޚާން

އާމިރުގެ އަންހެނުންނަށް ކިޔަނީ ވެސް ކިރަން އެވެ. އެހެންވީމާ ހުރިހާ ގޮތަކުން ވެސް އާމިރުއާ މި ޑައިލޯގް މާ ގުޅެ އެވެ. އާމިރަށް "ޑަރް"ގެ ބަތަލުކަން ދިނުމަށް ފަހު ޑައިރެކްޓަރު ޔާޝް ޗޯޕްރާ ކުއްލިއަކަށް އާމިރު ފިލްމުން ވަކިކޮށް ޝާހްރުކަށް ދިނީ އެވެ.

"އަހަރެން 'ޑަރް' ކުޅެދޭގޮތަށް ހުރީ. އަހަރެން އެ ފިލްމަށް ނޫނެކޭ ނުބުނަން. އަހަރެން އެ ފިލްމުން ވަކިކުރީ. އެހެންވީމާ ނޫނެކޭ ބުނުމާ ވަކި ކުރުމާ މިއީ ވަރަށް ތަފާތު ދެ ކަމެއް،" ރަޖީވް މަސަންދްގެ ޓޯކް ޝޯގައި ވާހަކަ ދައްކަމުން އާމިރު ބުންޏެވެ.

އާމިރު ބުނީ އޭނާ ފިލްމުން ވަކިކުރީ މާ ގިނަ ސުވާލު ކުރާތީ ކަމަށެވެ.

އާމިރު ބުނި ގޮތުގައި ޝާހްރުކާއި ސަލްމާން ޚާން ކުޅުނު މަޝްހޫރު ފިލްމެއް ކަމަށްވާ "ކަރަން-އަރްޖުން" ކުޅުމުގެ ފުރުސަތު ވެސް ފުރަތަމަ ލިބުނީ އޭނާއަށެވެ. ނަމަވެސް އެ ފިލްމު އޭނާ ގަސްތުގައި ނުކުޅުނީ އެވެ.

"ރާކޭޝް ޖީ (ރާކޭޝް ރޯޝަން) 'ކަރަން އަރްޖުން' ކުޅެން އަހަންނަށް ހުށަހެޅި. އަދި އަހަރެންނަށް އެ ފިލްމުގެ ވާހަކަ ވަރަށް ރީތިވެ، ރާކޭޝް ގާތު ބުނިން ތި ފިލްމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެކޭ. ނަމަވެސް ފިލްމުގައި ބައިވެރިވާހިތެއް އަހަރެން ނެތޭ،" އާމިރު ބުންޏެވެ.

ޝާހްރުކާއި ސަލްމާނަށް ފިލްމު ލިބުނީ އާމިރު ކުޅެން އެއްބަސް ނުވީމަ އެވެ. އެހެން ނޫން ނަމަ މިއިން ކޮންމެވެސް އެއް އެކްޓަރެއްގެ ބަދަލުގައި ފިލްމުން ފެނުނީހީ އާމިރެވެ.