އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން

މިއީ ރާއްޖޭގެ އެންމެ ވާދަވެރި ސްކޫލުތަކެވެ. ކިޔެވުމުގެ އިތުރުން އިންޓަ ސްކޫލު އެކި މުބާރާތްތަކުގައި ވެސް އެންމެ ވިދާލާ އަދި ފާހަގަކޮށްލެވޭ ސްކޫލުތަކެވެ. އެކަމަކު އެ ފެންނަ ވިދުމަށް ވުރެ، މި ސްކޫލުތަކުގެ އަންހެން ޕްރިންސިޕަލުންގެ ގުޅުން މާ ބަދަހި އެވެ.

އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން

މާލޭގެ ސްކޫލުތަކުގެ ތެރެއިން ހަތް ސްކޫލެއްގެ ޕްރިންސިޕަލްކަން ކުރައްވަނީ އަންހެން ބޭފުޅުންނެވެ. ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި އަމީނިއްޔާ ސްކޫލް އަދި މަޖީދިއްޔާގެ އިތުރުން މަތީ ސާނަވީއަށް ކިޔަވައިދެމުން އަންނަ ސީއެޗްއެސްއީގެ އެންމެ މަތީ މަގާމުގައި މިވަގުތު ތިއްބެވި އަންހެން ބޭފުޅުންގެ ގުޅުން ވެސް ވަރަށް ވަރުގަދަ އެވެ.

އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން

ތައުލީމާ ގުޅޭ ގޮތުން ދޭތެރެ ދޭތެރެއިން އެކި ހަރަކާތްތައް ބާއްވަ އެވެ. އެ ތަންތަނުން މި ޕްރިންސިޕަލުން ފެންނަނީ ވަރަށް ގާތް ބައެއްގެ ގޮތުގަ އެވެ. ރަސްމީ ހަރަކާތް ނިމުމަށް ފަހު، އެ ހުރިހާ ޕްރިންސިޕަލުން އެކުގައި ގްރޫޕް ސެލްފީ ނެގުމަކީ "މަޖުބޫރު" ކަމެއް ކަހަލަ އެވެ.

އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު (ނާޒް) ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ރަނގަޅު ހިޔާލުތައް ލިބި، ކަންކަން ކުރިއަށް ގެންދަން ވެސް ފަސޭހަ ކަމަށެވެ.

އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން
އަންހެން ޕްރިންސިޕަލުންގެ ގްރޫޕް: ވާދަވެރިކަމެއް ނޫން އުފާވެރިކަން

"ހުރިހާ އެންމެން ވެސް ވަރަށް ގުޅިގެން މި މަސައްކަތް ކުރަނީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަށް ގެންދިއުމުގައި. އެގޮތަށް ގުޅިގެން މަސައްކަތް ކުރާ ނަމަ މާ ޕްރޮޑަކްޓިކްވޭ،" ނާޒު ވިދާޅުވި އެވެ.

"އެންމެންނަކީ ވެސް ވަރަށް ބިޒީކޮށް ވަޒީފާ އާއި އާއިލާގެ ކަންކަމުގައި އުޅޭ ޕްރިންސިޕަލުން. އެހެންވެ އާއްމުކޮށް ދިމާވާނީ ވެސް މިހެން ބާއްވާ އިވެންޓްސްތަކުން. ދިމާވީމަ ރަސްމީ ހަރަކާތް ނިމުނީމަ މަޖާކޮށް އަޅުގަނޑުމެން އެއްކޮށް ގްރޫޕް ފޮޓޯ ނަގަން."

އިވެންޓަކުން އެންމެން ދިމާނުވެ މާ ގިނަ ދުވަސް ވެއްޖެ ނަމަ ހެނދުނު ސައެއް ކަހަލަ ކަމެއް ރާވާލައިގެން ނަމަވެސް އެ ގުޅުން ދަމަހައްޓަ އެވެ.

ނާޒް ވިދާޅުވީ އަމީނިއްޔާގެ އެކި ހަރަކާތްތަކާއި އިނާމު ދިނުމުގެ ހަފުލާތަކުން، އެހެން ޕްރިންސިޕަލުންނާ ދިމާވާތީ ވަރަށް އުފާވާ ކަމަށެވެ. އޭގެ ސަބަބުން އިތުރު ހިތްވަރެއް ލިބޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ޕްރިންސިޕަލުންގެ ގުޅުން ބަދަހިކޮށް ފޮޓޯ އާއި ތަފާތު އެކި ކަންކަން ހިއްސާކުރުމަށް މިހާރު ވަނީ ވައިބަ ގްރޫޕެއް ވެސް ހަދައިފަ އެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ އަންހެން ޕްރިންސިޕަލުންނާ އެއްގޮތަށް އެހެން ޕްރިންސިޕަލުންގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ކުޅިވަރުތައް ބާއްވަން ސްކޫލުގައި ޖާގަ ނެތިއްޖެ ނަމަ، އެވަގުތު އެންމެ ފަސޭހައިން ޖާގަ ލިބެން ހުރި ސްކޫލެއްގެ ހޯލް ބޭނުންކުރަން ފަދަ ކުއްލި އެހީތައް ލިބޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މި ޕްްރިންސިޕަލުން މި ތިއްބަވަނީ ވަރަށް ޕޮޒިޓިވްކޮށް. ހުރިހާ އެންމެން އެއްކަހަލަ މަސައްކަތްތަކެއް މި ކުރައްވަނީ. އެހެންވެ މި ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ޕޮޒިޓިވް އެނާޖީ ލިބޭ،" ސޮފޫރާ ވިދާޅުވި އެވެ.

"އަންހެން ޕްރިންސިޕަލުންގެ އިތުރުން ފިރިހެން ބޭފުޅުންގެ ފަރާތުން ވެސް ވަރަށް އެހީތެރިކަން ލިބޭނެ."

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ ވަހީދު ވިދާޅުވީ އޭގެ ތެރެއިން ބައެއް ބޭފުޅުން ޓީޗިން ހެއްދެވީ ވެސް އެކުގައި ކަމަށެވެ.

"ޓީޗަރުންގެ ގޮތުގައި އުޅެފައި ޕްރިންސިޕަލުންނާ ހަމައަށް މިއައީ. ވަރަށް ރައްޓެހި އެކަކު އަނެކަކާ،" ރިންޒީ ވިދާޅުވި އެވެ.

އޭނާ ވެސް ފާހަގަކުރެއްވި ގޮތުގައި ފިރިހެން ޕްރިންސިޕަލުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑެވެ. އެއް ސްކޫލުން އަނެއް ސްކޫލަށް އެކި ކަންކަމުގައި ބައިވެރިވެ އެވެ.

އަންހެން މި ޕްރިންސިޕަލުންގެ ފަރާތުން ފެންނަ އެކުވެރިކަމަކީ، ބައެއް މީހުންގެ ނަޒަރުގައި، އެއް ދާއިރާއެއްގައި ވާދަވެރިކޮށް މަސައްކަތް ކުރާ އެހެން ފަރާތްތަކަށް ވެސް ނަމޫނާއަކަށް ވެދާނެ އެވެ. މި ބޭފުޅުންނަށް އެކުގައި ބައްދަލުކުރެއްވޭ ކޮންމެ ފަހަރަކު ވެސް ފެންނާނީ އުފާވެރި، އެކުވެރި މޫނުތަކެކެވެ.