އުފާވެރި ދިރިއުޅުމަކަށް އައިންސްޓެއިން ލިއުއްވި ނޯޓުގެ އަގު 1.6 މިިލިއަން ޑޮލަރަށް
އުފާވެރި ދިރިއުޅުމަކަށް އައިންސްޓެއިން ލިއުއްވި ނޯޓުގެ އަގު 1.6 މިިލިއަން ޑޮލަރަށް

ގުދުސް (އޮކްޓޯބަރު 26) - މަޝްހޫރު ސައިންސްވެރިޔާ އަލްބާޓް އަައިންސްޓެއިންގެ އަތްޕުޅުގައި ޓިޕްސްއަށް ދެއްވާނެ ފައިސާ ނެތުމުން އޭގެ ބަދަލުގައި ހަދިޔާއެއްގެ ގޮތުން މީހަކަށް ދެއްވީ ވަރަށް ތަފާތު އެއްޗެކެވެ؛ އުފާވެރި ދިރިއުޅުމެއް ހޯދޭނެ ގޮތުގެ އިރުޝާދު ހިމެނޭ ކުޑަ ނޯޓެކެވެ.

އުފާވެރި ދިރިއުޅުމަކަށް އައިންސްޓެއިން ލިއުއްވި ނޯޓުގެ އަގު 1.6 މިިލިއަން ޑޮލަރަށް
އުފާވެރި ދިރިއުޅުމަކަށް އައިންސްޓެއިން ލިއުއްވި ނޯޓުގެ އަގު 1.6 މިިލިއަން ޑޮލަރަށް

މިއަދު އެ ނޯޓުގެ އަގަކީ 1.56 މިލިއަން ޑޮލަރެވެ. އެކަމަކު އެ ލިއުން ގަތް މީހާ ވަނީ ސިއްރުކޮށްފަ އެވެ.

އައިންސްޓެއިން އެ ނޯޓު ލިޔުއްވީ 1922 ގައި ޖަޕާނަށް ވަޑައިގެން ހުންނެވި ދަތުރެއްގަ އެވެ. އޭނާ ހުންނެވި ހޮޓަލަށް ޕޯސްޓުން ތަކެތި ގެނެސްދިން މީހަކަށް ދޭނެ ޓިޕްސް އަތްޕުޅުގައި ނެތުމުން ގަސްދުކުރެއްވީ، ޝުކުރުވެރިވުމުގެ ގޮތުން ނޯޓެއް ލިއުއްވާށެވެ. އެއީ އުފާވެރި ދިރިއުޅުމެއް ހޯދޭނެ ގޮތުގެ އިރުޝާދެވެ.

ނޯޓުގައި އައިންސްޓެއިން ވިދާޅުވެފައި ވަނީ ހާސިލްކުރަން ބޭނުންވި ހުވަފެނެއް ހަގީގަތަކަށް ވުމަކީ އުފާވެރިކަން ކަށަވަރުކޮށްދޭނެ ކަމެއް ނޫން ކަމަށެވެ.

ޖަޕާނުގެ އިމްޕީރިއަލް ހޮޓެލް ޓޯކިޔޯގައި އައިންސްޓެއިން ހުންނެވި ކޮޓަރީގައި ހުރި ގަލަމާއި ކަރުދާސް ބޭނުންކުރައްވައިގެން ޖަަރުމަނު ބަހުން ސައިންސްވެރިޔާ ލިއުއްވި އެވެ: "ކާމިޔާބު ހޯދަން މަސައްކަތްކޮށް ވަރުބަލިވެ، ދިރިއުޅުމުގެ އަރާމް ދޫކޮށްލުމަށް ވުރެ، މަޑުމައިތިރި، ހަމަޖެހޭ ދިރިއުޅުމަކުން މާ ބޮޑަށް އުފާވެރިކަން ލިބޭނެ އެވެ."

ފިޒިކްސް އިން ނޯބެލްގެ ޝަރަފްވެރި އިނާމު އައިންސްޓެއިން އަށް ލިބިވަޑައިގެންނެވިކަން އިއުލާން ކުރީ ތަގްރީރެއް ދެއްވަން ޖަޕާނުގައި ހުންނަވަނިކޮށެވެ.

މެސެންޖަރު ގާތު އައިންސްޓެއިން ވިދާޅުވީ ކޮންމެވެސް ދުވަހަކުން އެ ނޯޓުގެ އަގު ބޮޑުވާނެ ކަމަށެވެ.

އެ ވަގުތު ލިޔުއްވި ދެ ވަނަ ނޯޓެއްގައި ވަނީ "ކަމެއް ކުރަން އަޒުމް ކަނޑައަޅައިފި ނަމަ އެކަމެއް ހާސިލްވާނެ" ކަމަށެވެ. ނީލަމުގައި އެ ނޯޓު ވިކުނީ 240،000 ޑޮލަރަށެވެ.

ދެ ނޯޓު ވެސް ވިކިފައި މި ވަނީ ކުރިން ލަފާކުރި އަގަށް ވުރެ މާ ބޮޑު ކޮށެވެ. ނޯޓުތައް ވިއްކީ އައިންސްޓެއިންގެ މެސެންޖަރަށް ބޮޑުބޭބެ ކިޔާ ފިރިހެނެކެވެ.

- މައްސަލައެއް އުފެއްދި އިރު ހުރި ވިސްނުގައި އެ މައްސަލައެއް ހައްލެއް ނުކުރެވޭނެ އެވެ.

- ވިސްނުން ތޫނުކަމުގެ ރަނގަޅު ނިޝާނަކީ މައުލޫމާތެއް ނޫނެވެ. އެކަމަކު ޚިޔާލާއި ފިކުރެވެ.

- ގުދުރަތުން އަހަރެމެންނަށް ހާމަކޮށްދީފައިވާ ތަކެތީގެ އެއް ޕަސެންޓުގެ އެއް ހާސް ބައިކުޅަ އެއްބައި މިންވަރު ވެސް އަހަރެމެންނަކަށް އަދި ނޭނގެ އެވެ.

- ރީތި އަންހެން ކުއްޖަކާ ލޯބިވެގެން އުޅޭ އިރު އެއް ގަޑިއިރު ވެސް ހީވާނީ އެއް ސިކުންތު ހެންނެވެ. ހޫނު ދެލިގަނޑެއްގެ މަތީ އިށީނދެ އިންނަ އިރު އެއް ސިކުންތު ހީވާނީ އެއް ގަޑިއިރުހެންނެވެ. ހަގީގަތަކީ މިއީ އެވެ.