"ސަބާބިކޮން" ގެ ކާސްޓުންގެ ތައުރީފު ޖޯޖް ކްލޫނީ އަށް އޮއްސާލައިފި
"ސަބާބިކޮން" ގެ ކާސްޓުންގެ ތައުރީފު ޖޯޖް ކްލޫނީ އަށް އޮއްސާލައިފި

މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް "ސަބާބިންކޮން" ގެ ޕްރިމިއާގައި ފިލްމްގެ ކާސްޓުން އޭނާ އަށް ވަަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

"ސަބާބިކޮން" ގެ ކާސްޓުންގެ ތައުރީފު ޖޯޖް ކްލޫނީ އަށް އޮއްސާލައިފި
"ސަބާބިކޮން" ގެ ކާސްޓުންގެ ތައުރީފު ޖޯޖް ކްލޫނީ އަށް އޮއްސާލައިފި

ބަތަލާ ޖޫލިއަން މޯ ބުނީ ކްލޫނީއަކީ ޑައިރެކްޓަރެއްގެ ގޮތުގައި ވަރަށް ފުރިހަމަ ތަސައްވުރެއް އޭނާގެ ފިލްމް ބައްޓަން ކުރުމުގައި ގެންގުޅޭ މީހެއް ކަމަށެވެ.

"އަނެއްކާ ސެޓާ ހަމައަށް އޭނާ އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އޭނާގެ ވިޝަން އަބަދުވެސް ވަރަށް ސާފު. އެހެންވެ އެކްޓަރެއްގެ ގޮތުން ކްލޫނީއާ އެކު މަސައްކަތްކޮށްލަން ލިބުމަކީ ކުރެވުނު ވަރަށް ފުރިހަމަ ތަޖުރިބާއެއް،" އޮސްކާ ހޯދާފައިވާ ބަތަލާ ބުންޏެވެ. "އަހަރެން ބުނާނީ ކްލޫނީއަކީ ވަރަށް ފައްކާ ޑައިރެކްޓަރެކޭ. ރަނގަޅު ޑައިރެކްޓަރަކާ އެކު މަސައްކަތްކޮށްލީމަ އެ ލިބޭ ހިތްހަމަޖެހުން ސަބާބިންކޮށްގައި މަސައްކަތްކޮށްގެން ލިބިއްޖެ."

ޖޫލިއަން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ކްލޫނީއާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށެވެ.

ބަތަލާ ކެރިމަތު ވެސްޓްބްރޫކް ވެސް ބުނީ ކްލޫނީއަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް މަޖާ އަދި އެހާމެ ވިސްނުން ތޫނު ޑައިރެކްޓަރެއް ކަމަށެވެ.

"އެކްޓަރުންގެ ހުރި އެއްޗެއް ނެރެން އޭނަ ވަރަށް ކުޅަދާނަ. ކްލޫނީއަކީ އެކްޓާސް ޑައިރެކްޓަރެއް،" އޭނާ ބުންޏެވެ.

"ސަބާބިން" ގެ ބަތަލު އަދި އޮސްކާ ހޯދާފައި މަޝްހޫރު އެކްޓަރު މެޓް ޑެމަން އެކްޓަރެއްގެ ގޮތުގައި ކްލޫނީ ބުނި ކޮންމެ ކަމެއް ކުރަން އޭނާ އަބަދު ވެސް ހުންނާނީ ތައްޔާރަށް ކަމަށެވެ.

"އޭނަ މިވެނި ގޮތެއް ހަދާށޭ ބުނެފި ނަމަ އެއްވެސް ސުވާލެއް ނެތި އަހަރެން އެކަމެއް ކުރާނަން. ސަބާބިކޮންގައި މަސައްކަތްކޮށްފައި ވާނީ އެގޮތަށް،" ކްލޫނީއާ އެކު "ދަ މޮނިއުމަންޓްސް މެން" ގައި ވެސް މަސައްކަތް ކުރި ޑެމަން ބުންޏެވެ. "އަހަންނަށް އެނގޭ ކްލޫނީ ބުނާ ގޮތެއް ހަދައިގެން ދެރައެއް ނެތްކަން."

މި އަހަރު ބޭއްވި 74 ވަނަ ވެނިސް ފިލްމް ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފައިވާ "ސަބާބިކޮން" ރަސްމީކޮށް ދުނިޔޭގެ އެކި ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.

މި ފިލްމަކީ ކްލޫނީ ޑައިރެކްޓް ކުރުމުގެ އިތުރަށް ދެބޭން ކަމަށްވާ ޖޮއެލް އަދި އީތަން ކޮއެންގެ އިތުރުން ގްރާންސްޓް ހެސްލޮވްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ކްރައިމް ކޮމެޑީއެކެވެ.

"ސަބާބިކޮން" އަކީ ކްލޫނީގެ ހަ ވަނަ ޑައިރެކްޝަނެވެ.