ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލޭ ފެރީ ތޮށިގަނޑުގައި ޖެހި މީހަކަށް އަނިޔާވެއްޖެ
ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލޭ ފެރީ ތޮށިގަނޑުގައި ޖެހި މީހަކަށް އަނިޔާވެއްޖެ

މާލޭން ފުރައިގެން ހުޅުމާލެއަށް ދިޔަ ފެރީއެއް، ތޮށިގަނޑާ ކައިރިކުރަން އުޅެނިކޮށް ކޮންޓްރޯލް ނުވެގޮސް ތޮށިގަނޑުގައި ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.

ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލޭ ފެރީ ތޮށިގަނޑުގައި ޖެހި މީހަކަށް އަނިޔާވެއްޖެ
ކޮންޓްރޯލް ނުވެގެން ގޮސް ހުޅުމާލޭ ފެރީ ތޮށިގަނޑުގައި ޖެހި މީހަކަށް އަނިޔާވެއްޖެ

އެނގިފައިވާ ގޮތުގައި މިއަދު ހަވީރު ހުޅުމާލެއަށް ދިޔަ އެ ފެރީ ތޮށިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފެރީގެ އެންމެ ކުރީ ގޮނޑިބަރީގައި އިން ފިރިހެނަކަށެވެ. ފެރީ ގޮސް ތޮށިގަނޑުގައި ޖެހުމާއެކު އޭނާގެ ބޯ، ފެރީ ދުއްވަން އިންނަ މީހާގެ ކޮޓަރީގެ ބިތުގައި ޖެހި ވަނީ ފަޅައިގެން ގޮސްފަ އެވެ.

"ފެރީ ކައިރި ނުކުރެވި އުޅެނިކޮށް ކައްޕި ގޮވަން ފަށައިފި އެންމެން އިށީނދެ ތިބެން. ހީވަނީ އޭރު ކޮންޓްރޯލް ނުކުރެވިގެން އިށީންނަން އެންގީ ކަމަށް،" ފެރީގައި އިން މީހަކު ބުންޏެވެ.

އޭނާ ބުނީ ތޮށިގަނޑުގައި ޖެހުމާއެކު ކުރީ ގޮނޑިބަރީގެ ބައެއް ގޮނޑިތައް ވެސް ބިންދައިގެން ދިޔަ ކަމަށާއި އަނިޔާވީ، ގޮނޑި ބިންދައިގެން ގޮސް ބިތުގައި ބޯ ޖެހުނު މީހަކަށް ކަމަށެވެ.

ފެރީން ފޭބުމާއެކު އޭނާ ވަނީ އެމްބިއުލާންސްގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ހާދިސާގައި ފެރީއަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފަ އެވެ.

މި މަހު ކުރީކޮޅު ވެސް ވަނީ ހުޅުމާލޭން މާލެ ދިޔަ ފެރީއެއް ތޮށިގަނޑާ ގާތް ކުރަން އުޅެނިކޮށް، އަންހެނަކު މޫދަށް ވެއްޓި އަނިޔާވެފަ އެވެ.