ގެނބިގެން މަރުވި ފުލުސް މީހާ ކާށިދޫގައި ވަޅުލައިފި
ގެނބިގެން މަރުވި ފުލުސް މީހާ ކާށިދޫގައި ވަޅުލައިފި

ގއ. ވިލިނގިލީގައި ދެމަފިރިއަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވި ފުލުސްް މީހާގެ ޖަނާޒާގެ ކަންކަން އޭނާގެ ރަށް ކ. ކާށިދޫގައި ބާއްވައިފި އެވެ.

އިއްޔެ ހިނގި ހާދިސާގައި މަރުވީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ކޮންސްޓެބްލް މުހައްމަދު ހަނީފެވެ. އޭނާ އުޅެމުން އައީ އެ ރަށުގެ ކުއްޖަކާ ކައިވެނިކޮށްގެންނެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން މިއަދު ވިދާޅުވީ ފަތިސް ނަމާދަށް ފަހު ހަނީފް ވަޅުލާފައިވާ ކަމަށެވެ. އެ ޖަނާޒާގައި ހަނީފްގެ މައިންބަފައިންނާއި ފުލުހުން ވަނީ ބައިވެރިވެފަ އެވެ.