ހިނގާފައި އުޅޭ ގޯޅިތައް މަރާމާތުކޮށް ރީތި ކުރަން ފަށައިފި
ހިނގާފައި އުޅޭ ގޯޅިތައް މަރާމާތުކޮށް ރީތި ކުރަން ފަށައިފި

ހިނގާފައި އުޅޭ ގޯޅިތަކުގެ ގޮތުގައި ހައުސިން މިނިސްޓްރީން ހަމަޖައްސާފައިވާ ގޯޅިތައް މަރާމާތު ކޮށް ރީތި ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހިނގާފައި އުޅޭ ގޯޅިތައް މަރާމާތުކޮށް ރީތި ކުރަން ފަށައިފި
ހިނގާފައި އުޅޭ ގޯޅިތައް މަރާމާތުކޮށް ރީތި ކުރަން ފަށައިފި

އެ މިނިސްޓްރީން މިހާރު އަންނަނީ ގޯޅިތަކުގައި ކުރިން އަތުރާފައި ހުރި ގާތައް ނަގައި، އާ ގާތަކެއް އަތުރައި އެ ގާތަކުގައި ތަފާތު ކުލަތައް ލާން ފަށައިފަ އެވެ. ހިލާލީގޭ ކުރިމަތިން އޮންނަ ފަރީދީ ގޯޅީގައި އަތުރާފައި ހުރި ގާތައް ނަގައި، އާ ގާ އަތުރައި އެ އެއްޗެހީގައި ދަނބު ކުލަ ލާން ވަނީ ފަށައިފަ އެވެ.

ދުއްވާ އެއްޗެހި ވަނުން މަނާ ގޯޅިތަކެއްގެ ގޮތުގައި ސަރުކާރުން މިދިޔަ އަހަރު ހައެއްކަ ގޯޅި ކަނޑައަޅާފައި ވެ އެވެ. އެ ފަދަ ގޯޅިތަކުގައި މިހާރު ވަނީ ޖޯލިފަތި ފަދަ ތަކެތި ބަހައްޓައި އާންމުންނަށް ހިތްފަސޭހަ ކުރެވޭނެ ގޮތަށް ބަދަލުކޮށްފަ އެވެ.

އެ މިނިސްޓްރީން ކުރިން ބުނި ގޮތުގައި އެ ގޯޅިތައް ހިތް ފަސޭހަ ތަންތަނުގެ ގޮތުގައި ހެދުމަށް ފަހު ގޮނޑި ބަހައްޓައި އިށީނދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ. އަދި ބައެއް ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައި އެ ތަންތަނުގައި ފޮތް ކިޔޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މާލޭގެ ހަތް ގޯޅިއެއް ޒީނަތްތެރިކޮށް ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ އިން މިދިޔަ އަހަރު ވަނީ ހަތް މިލިއަން ރުފިޔާ ދީފަ އެެވެ.