ދިރާގުގެ ބޮޑު ރޯދަ ހަދިޔާ ލިބުނު ހަތަރު ވަނަ ކަސްޓަމަރާ އިނާމު ހަވާލުކޮށްފި
ދިރާގުގެ ބޮޑު ރޯދަ ހަދިޔާ ލިބުނު ހަތަރު ވަނަ ކަސްޓަމަރާ އިނާމު ހަވާލުކޮށްފި

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ހިމެނޭ ރީފްސައިޑުން ދޭ ބޮޑު ހަދިޔާ ލިބުނު ހަތަރު ވަނަ ކަސްޓަމަރާ އިނާމު ހަވާލުކޮށްފި އެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް، އެއްވެސް އިތުރު މަސައްކަތަކާ ނުލާ ބައިވެރިވެވޭ މި ޕްރޮމޯޝަންގައި ފަސް ނަސީބުވެރިން ހޮވާ އިރު، ކޮންމެ ނަސީބުވެރިއަކަށް ލިބެނީ 65،000ރ. ގެ އަގުހުރި، އެލްޖީ ބްރޭންޑުގެ ހޯމް ޕެކޭޖެކެވެ.

މި ޕްރޮމޯޝަންގެ ހަތަރު ވަނަ ނަސީބުވެރިއަކަށް ހޮވުނު އަލީ މުހައްމަދު، ޏ. ފުވައްމުލަކު ދޫޑިގަން، އަލިވާގެއާ އިނާމު ހަވާލުކޮށް، ދިރާގުން ވަނީ ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔާ ވެސް ހޮވާފަ އެވެ.

ފަސް ވަނަ ނަސީބުވެރިއަކަށް ހޮވުނު އައިމިނަތު ގުރައިޝާ، ހ. ޓްވައިލައިޓްއިންއާ އަންނަ ހުކުރު ދުވަހު އިނާމު ހަވާލު ކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން މި އަހަރު ދޭ ބޮޑު އިނާމުގައި އެެލްޖީ ބްރޭންޑުގެ ޓީވީއަކާއި ދޮންނަމެޝިން އަދި ޑްރަޔާއަކާއި ރެފްރިޖަރޭޓަރަކާއި ސްޕީކަރެއް ވެސް ހިމެނެ އެވެ.