ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި
ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި

ކާނާގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ، ފޯސީން އިން ސްޕޭންގެ މަޝްހޫރު "ޑެލަޝޭރަސް" ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި
ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި

ފޯސީންގެ މެނޭޖިން ޑިރެކްޓަރު ޝާމިން ހަބީބް ވިދާޅުވީ، އެ ކުންފުނިން ވިއްކަނީ ޑެލަޝޭރަސް ބްރޭންޑްގެ މަގްޑަލޭނާސް ކޭކާއި، މިނީ މަފިން ކަމަށެވެ. އަދި ޑެލަޝޭރަސް ބްރޭންޑްގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާޝިޕް ވެސް ވަނީ ފޯސީން އަށް ދީފައި ކަމަށެވެ.

ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި
ފޯސީން އިން ސްޕޭންގެ މަޝްހޫރު ޑެލަޝޭރަސް ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ފަށައިފި

"މަގްޑަލޭނާސް ކޭކަކީ ކޮންމެ ޕެކެޓެއްގައި ދެ ކޭކު އިންނަ ޑަބަލް ކޭކެއް. މަފިން ތަކުގެ ތެރެއިން އެންމެ ހިނގަނީ ޗޮކްލެޓް އަދި ދެ ބުރި ދެކުލާގައި ހުންނަ މަފިން،" " ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ މިއީ ސްކޫލް ދަރިވަރުން އިންޓަވަލް ގަޑީގައި ކެއުމަށް ނުވަތަ ކުދިންގެ އުފަން ދުވަހުގެ ޕާޓީތައް ފަދަ ހަފްލާތަކަށް ވަރަށް ރަނގަޅު ޕްރޮޑަކްޓްތަކަކަށް ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑެލަޝޭރަސް ކޭކު ވިއްކަނީ 24 ކޭކުގެ، ކޭހެއް 155ރ. އަށް އަދި ވަކިން ނަމަ ކޭކެއް އަށް ރުފިޔާ އަށް ކަމަށެވެ. މަފިން ވިއްކަނީ 70 މަފިންގެ ކޭހެއް 210ރ. އަށް، ވަކިން ނަމަ މަފިން އެއް ހަތަރު ރުފިޔާ އަށް ކަމަށެވެ.

"މި އަގުތަކަކީ އަތޮޅުތެރެ އަށް ގެންދާއިރު، ނާލުލާފައި ވެސް 28-30 ޕަސެންޓް ފައިދާގައި ވިއްކޭނެ ރޭޓެއް. މާލޭގައި ނަމަ 30 ޕަސެންޓަށް ވުރެ މަތިން ފައިދާލާފަ ވިއްކޭނެ މި ރޭޓުގައި،" ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ ޑެލަޝޭރަސްގެ އުފެއްދުންތަކަކީ އޯޑަރު ދިނުމުން އުފައްދާ އެއްޗެއް ކަމަށެވެ. އެ ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ވަރަށް ތާޒާ އެއްޗެހި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އޯޑަރު ދިނީމަ އެކޮޅުން އުފައްދާނީ. ވަރަށް ފްރެޝްކޮށް ގެނެސް، މި ވިއްކަނީ،" ޝާމިން ވިދާޅުވި އެވެ.

ޑެލަޝޭރަސް ކޭކާއި މަފިން ރާއްޖޭގައި ވިއްކަން ފަށާފައިވާއިރު، މިހާތަނަށް ޑިމާންޑް ވެސް ވަރަށް ރަނގަޅު ކަމަށް ޝާމިން ވިދާޅުވި އެވެ.

ފޯސީން އަކީ 2010 ވަނަ އަހަރުން ފެށިގެން ކޮލެޓީ ކާނާގެ ބާވަތްތައް ރާއްޖެ އަށް އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ޑެލަޝޭރަސްގެ އިތުރުން ވެސް މަޝްހޫރު އެތައް ބްރޭންޑްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުން ދެއެވެ.