16 އޮކްޓޯބަރ 2017 - 09:57

ޖަކާޓާ، އިންޑޮނޭޝިއާ (އޮކްޓޯބަރު 16) - އިންޑޮނޭޝިއާގެ އެއް ވަނަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗެއްގައި ޕެރްސެލާގެ ގޯލްކީޕަރު ޝޮއިރުލް ހޫޑާ އާއި އެ ޓީމުގެ ކުޅުންތެރިއަކު މުޑިއަރައި ހިނގި ހާދިސާއެއްގައި ކީޕަރު މަރުވެއްޖެ އެވެ.
އުމުރުން 38 އަހަރުގެ ހޫޑާ އަށް އަނިޔާވީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ޑިފެންޑަރުގެ ކަކޫ އޭނާގެ މެޔަށް އަރައިގެންނެވެ. ހޫޑާ މަރުވީ ފަރުވާދެނިކޮށް ކަމަށް އެ ކްލަބާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
ހޫޑާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުބީ މެއިމަތީގައި ބާރަށް އައިސް އެ ޓީމުގެ ޑިފެންޑަރު ކަކުލުން ޖެހިފައި އޭނާ ނޭވާ ލުމަށް އުނދަގޫވުމުން ކަމަށެވެ.
ހޫޑާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ މެޗު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މެޗު ނިމުނީ ޕެރްސެލާ 2-0 އިން ސެމެން ޕަޑަން އަތުން ކުރިހޯދައިގެންނެވެ.
ފުޓްބޯޅަ ކެރިއަރުގައި ހޫޑާ ހަމައެކަނި ކުޅެފައިވަނީ ޕެރްސެލާ އަށެވެ. އޭނާ ވަނީ އެ ޓީމަށް 500 އަށް ވުރެ ގިނަ މެޗު ކުޅެފަ އެވެ. ހޫޑާ މަރުވުމާ ގުޅިގެން އެ ޓީމުގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ އޭނާ އެ ކްލަބަށް ކޮށްދިން ހިދުމަތް ފާހަގަކޮށް ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފަ އެވެ.