ޕްރިންޓް ސައިންސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ޕްރިންޓް ސައިންސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ފުޅާ ދާއިރާއެއްގައި ނަން ބޯޑު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ޕްރިންޓް ސައިންސް އިން ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި އެވެ.

ޕްރިންޓް ސައިންސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
ޕްރިންޓް ސައިންސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރަ ހުޅުވައިދެއްވީ ޕްރިންޓް ސައިންސްގެ މައި ކުންފުނި ކަމަށްވާ ޑޮނާޑް އިންވެސްޓްމެންޓްސްގެ މެނޭޖިން ޑިރެކްޓަރު ޔާމީން އާދަމް އެވެ.

ޕްރިންޓް ސައިންސްގެ ޖެނަރަލް މެނޭޖަރު ޝާހީން އާދަމް ވިދާޅުވީ މާލޭ ފިހާރައިން ލިބޭ ހުރިހާ ހިދުމަތެއް، އެއް އަގެއްގައި ހުޅުމާލެ އިން ވެސް މިހާރު ލިބޭނެ ކަމަށެވެ. އަދި އަމާޒަކީ ހުރިހާ ކަސްޓަމަރުންނަށް ދުވަހުން ދުވަހަށް ހިދުމަތް ދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަ ދެން ކަސްޓަމައިޒް ގިފްޓް ތައްޔާރުކުރުމާއި، ޕްރިންޓިން ހިދުމަތްތަކުގެ އިތުރުން އެންގްރޭވިން އަދި ސައިނޭޖްގެ ހުރިހާ ސޮލިއުޝަނެއް ވެސް،" ޝާހީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް ހުޅުވި ފިހާރާގައި 10 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބްރިޖްގެ މަސައްކަތް ނިމޭއިރު، ހުޅުމާލޭ މާކެޓް އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ލަފާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރިންޓް ސައިންސްގެ ފިިހާރަ ހުންނަނީ ހުޅުމާލޭ 55 ވަނަ ނަންބަރު ފްލެޓް ކުރިމަތީގައި އޮންނަ ގޯޅީގަ އެވެ.