އޭސީސީއިން އެންމެ ގިނައިން ބެލީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް
އޭސީސީއިން އެންމެ ގިނައިން ބެލީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް

އޭސީސީއިން މިއަހަރު ވެސް ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީއިން ބުނީ މި އަހަރުގެ ތިން ވަނަ ކުއާޓާގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 158 މައްސަލަ ބަލާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ބަލާފައިވަނީ އެފަދަ 83 މައްސަލަ އެވެ.

ދެން އެންމެ ގިނައިން ނިންމާފައިވަނީ ގަވައިދާ ހިލާފްވި މައްސަލަތަކެވެ. އެފަދަ 50 މައްސަލައެއް ނިންމާފައިވާއިރު ނާޖާއިޒު ފައިދާ ހޯދުމުގެ 43 މައްސަލައެއް ނިންމާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކުރުމުގެ ނުވަ މައްސަލަ އަކާއި ދައުލަތުގެ މުދަލާއި ފައިސާ އަށް އިހުމާލުވުމުގެ ތިން މައްސަލައެއްގެ އިތުރުން ރިޝްވަތު ދިނުމުގެ ހަތް މައްސަލައެއް ވެސް ތިން ވަނަ ކުއާޓާގައި އޭސީސީއިން ބަލައި ނިންމާފައި ވެ އެވެ.

އޭސީސީއިން މި އަހަރުގެ ތިން ވަނަ ކުއާޓާގައި ޖުމުލަ 271 މައްސަލައެއް ބަލައި ނިންމާފައިވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ނިންމާފައިވަނީ 83 މައްސަލަ އެވެ.