ސަޅަކް 2: ޑިޕްރެޝަންގެ މައްސަލަތަކާ ގުޅޭ ފިލްމެއް
ސަޅަކް 2: ޑިޕްރެޝަންގެ މައްސަލަތަކާ ގުޅޭ ފިލްމެއް

ފިލްމީ ބަތަލާ އަދި ޑައިރެކްޓަރު ޕޫޖާ ބަޓް 1991 ގައި ކުޅުނު ކާމިޔާބު ފިލްމެއް ކަމަށްވާ "ސަަޅަކް"ގެ ދެ ވަނަ ބައި އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ސަޅަކް 2: ޑިޕްރެޝަންގެ މައްސަލަތަކާ ގުޅޭ ފިލްމެއް
ސަޅަކް 2: ޑިޕްރެޝަންގެ މައްސަލަތަކާ ގުޅޭ ފިލްމެއް

ޕޫޖާ ބުނި ގޮތުގައި "ސަޅަކް 2" ގައި ދައްކުވައިދޭނީ މިހާރު ދުނިޔޭގައި ވަރަށް ބޮޑުވެފައިވާ ޑިޕްރެޝަންގެ މައްސަލަތަކެވެ. ޕޫޖާ ބުނި ގޮތުގައި "ސަޅަކް 2"ގައި ސަންޖޭ ދަތު ފެންނާނީ މިހާރު ވެސް އޭނާ ހުރި ހާލަތުގަ އެވެ. އެއީ މަސްތުވާ އެއްޗެހި ބޭނުންކޮށް އެކަމުން ސަލާމަތް ވެވިފައިވާ މީހެއްގެ ރޯލެވެ. ފިލްމުގެ މައިގަނޑު ބިނާވެފައިވަނީ ޑިޕްރެޝަންގެ މައްސަލައަށް ކަމަށާއި ނަމަވެސް މިއީ ކޮމާޝަލް ފިލްމަކަށް ވާތީ މީހުން މުނިފޫހި ފިލާނެ ގޮތަކަށް ފިލްމު އުފައްދާނެ ކަމަށް ވެސް ޕޫޖާ ބުންޏެވެ.

ޕޫޖާގެ ބައްޕަ މަހޭޝް ބަޓް 1991 ގައި ޑައިރެކްޓްކުރި "ސަޅަކް"ގައި ވެސް ބަތަލުގެ ރޯލު ކުޅުނީ ސަންޖޭ ދަތެވެ. "ސަޅަކް"ގައި އޭނާ ކުޅުނީ ހަށިވިއްކާ އަންހެނެއް (ޕޫޖާ ބަޓް) ދެކެ ލޯބިވާ ޒުވާނެއްގެ ރޯލެވެ. ޕޫޖާ ހާސިލުކުރުމަށްޓަކައި އޭނާ ކުރާ މަސައްކަތް އެ ފިލްމުން ވަނީ ފެނިފަ އެވެ.

ބޮލިވުޑް ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ފިލްމު ނުކުޅެ ހުރުމަށްފަހު ޕޫޖާ ބަތަލާގެ ރޯލު ކުޅޭ ފިލްމެކެވެ.

މި ފިލްމުގައި ޕޫޖާގެ ކޮއްކޮ އާލިއާ ބަޓް ވެސް މުހިއްމު ރޯލެއް އަދާކުރާނެ ކަމަށާއި އޭނާ ކުޅެނީ ސަންޖޭ ދަތުގެ ދަރިއެއްގެ ރޯލުކަމަށް ތަންކޮޅެއް ކުރިން މީޑިއާތަކުން ރިޕޯޓު ކޮށްފައި ވިޔަސް މަހޭޝް ބަޓް ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި "ސަޅަކް 2"ގައި އާލިއާ އެއްވެސް ރޯލެއް ނުކުޅޭނެ އެވެ.