ފޮޓޯގްރާފަ ބިލް ކަނިންހަމްގެ ހަނދާނުގައި މަގެއް
ފޮޓޯގްރާފަ ބިލް ކަނިންހަމްގެ ހަނދާނުގައި މަގެއް

އެމެރިކާގެ މަޝްހޫރު ފޮޓޯގްރަފަރު ބިލް ކަނިންހަމް 87 އަހަރުގައި މިދިޔަ މަހު މަރުވި ޚަބަރު ވެގެން ދިއައީ މުޅި ފެޝަން ދާއިރާއަށް ލިބުނު ބޮޑު ޝޮކަކަށެވެ. "ސްޓްރީޓް ސްޓައިލް" ފޮޓޯގްރަފީގެ މާހިރު ބިލް އަކީ ކޮންމެ ނިއު ޔޯކް ފެޝަން ވީކެއްގައި ފެންނަ ފޮޓޯގްރަފަރެކެވެ.

ފޮޓޯގްރާފަ ބިލް ކަނިންހަމްގެ ހަނދާނުގައި މަގެއް
ފޮޓޯގްރާފަ ބިލް ކަނިންހަމްގެ ހަނދާނުގައި މަގެއް

ފެޝަން ވީކްތައް ބަަލަން ދާ އެކި މަޖައްލާތަކުގެ އެޑިޓަރުންނާއި ރިޕޯޓަރުންނާއި މޮޑެލުން އަދި ފަންނާނުންނާއި މަގުމަތީން ފޮޓޯ ނެގުމަށް ބިލް ވަރަށް ކުޅަދާނަ އެވެ. އޭނާ މިކަން ކުރާތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކެމެރާ ހިފައިގެން ބައިސްކަލެއްގައި ނޫ ޖެކެޓެއް ލައިގެން ހިނިތުން ވެލާފައި ހުންނަ ބިލް އަށް ގިނަ ބައެއްގެ ލޯބި ވަނީ ލިބިފަ އެވެ. އޭނާގެ މަޝްހޫރު ރައްޓެހިންގެ ތެރެއިން ސުޕަ މޮޑެލް ނައޯމީ ކެމްބެލް، ސިންޑީ ކްރޮފޯޑް ފަދަ މީހުން އޭނާގެ ހަނދާނުގައި އެކި ވާހަކަތައް އެމީހުންގެ ސޯޝަލް މީޑިއާ ސައިޓުތަކުގައި ހިއްސާކޮށްފައިވެ އެވެ.

ނިޔު ޔޯކްގައި ބިލް އެންމެ ގިނައިން ފޮޓޯ ނަގަން ހުންނަނީ 57 ވަނަ މަގާއި ފިފްތު އެވަނިއު އަށް ވާ ކަންމައްޗެއްގަ އެވެ. ބިލްގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ނިކް ނިކޮލްސަން ދަނީ ބިލް ގެ ހަނދާނުގައި މަގަކަށް ނަން ދިނުމަށް އެދި ޕެޓިޝަނަކަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނިކް ނިކޮލްސަން ބިލް ދަންނަތާ 35 އަހަރު ވެއްޖެ އެވެ. ނިކް ބޭނުންވަނީ މި ކަންމައްޗަކީ "ބިލް ކަނިންހަމް ކޯނާ"ގެ ނަމަށް ބަދަލުކުރާށެވެ.

"އަހަރެމެންނަށް ކުރެވޭނެ އެންމެ ކުޑަ ކަންތައް އެއީ. ނިއު ޔޯކަށް ވަރަށް ބޮޑު ހިދުމަތެއް ކޮށްދިން ފޮޓޯގްރަފަރެއް ބިލް އަކީ. އަހަރެންގެ ޔޫރަޕްގައި އުޅޭ ރައްޓެހިން ބުނޭ ނިއު ޔޯކްގެ އެކި ތަންތަން ބިލްގެ ފޮޓޯތަކުން ފެންނަ ކަމަށް. އެހެންވީމަ އަހަރެމެން ވެސް ބިލްގެ ހަނދާނުގަ ކަމެއް ކޮށްދޭންޖެހޭނެ،" ނިކޮލްސަން ބުނެފައިވެ އެވެ.

ނިކްގެ ޕެޓިޝަން އަށް ސޮއި ހޯދުމަށް ފަހު ނިއު ޔޯކްގެ މޭޔާ ބިލް ޑި ބްލަސިއޯއަށް ހުށަހަޅާނެ ކަމަށް ނިކް ބުނެފައިވެ އެވެ. މޭޔާ ބިލް ޑި ބްލައިސޯ ވެސް ބިލްގެ ހަނދާނުގައި ޓްވީޓެއް ކޮށްފައިވުމުން، ނިކް ގަބޫލުކުރަނީ މި ޕެޓިޝަން ކާމިޔާބު ވާނެ ކަމަށެވެ.