10 އޮކްޓޯބަރ 2017 - 11:04

މެޓްރޯފްލެކްސް ޖިމްގެ ހިދުމަތަކާ އެކު، ސްޕޯޓްސް ސަޕްލިމެންޓް ވިއްކަމުން އަންނަ އައިލެންޑާސް ނިއުޓްރިޝަންގެ ވިޔަފާރި އިތުރަށް ފުޅާކޮށްފި އެވެ.

މެޓްރޯފްލެކްސްގެ ޑިރެކްޓަރު ސޮބާހް ރަޝީދު ވިދާޅުވީ، ޖިމާ އެކު އައިލެންޑާސްގެ ވިޔަފާރި ވެސް ވަރަށް ބޮޑަށް ކުރި އަރާފައިވާ ކަމަށެވެ. އަދި ޕްރޮޑަކްޓްތަކަށް ވަރަށް ބޮޑު ޑިމާންޑެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިލެންޑާސް ނިއުޓްރީޝަނަކީ މެޓްރޯ ފްލެކްސްގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ. އެތަން ހުންނަނީ މެޓްރޯ ފްލެކްސް ޖިމް ހިންގަމުން އަންނަ މ. އިލެކްސްގެ ފުރަތަމަ ފަންގިފިލާގަ އެވެ.
"އަޅުގަނޑުމެން މި ވިއްކަނީ ބޭހެއް ނޫން. ދިވެހިންނަށް ކުރިން ހީވެފައި އޮންނަނީ މިއީ ބޭހެކޭ. އަސްލު މިއީ ހަށިގަނޑަށް މަދުވާ މާއްދާތައް ހޯދަން ބޭނުންކުރާ ސަޕްލިމެންޓެއް،" ސޮބާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ކުޅިވަރުތަަކެއް ކުޅޭ މީހުންނަށް ވެސް ބޭނުން ކުރެވޭ ސަޕްލިމެންޓްތައް އައިލެންޑާސް ނިއުޓްރީޝަނުން ވިއްކަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުތަކަށް ހާއްސަ ޖޮއިންޓް ސަޕްލިމެންޓާއި، ފިޝް އޮއިލްގެ އިތުރުން މަލްޓިވިޓަމިން ހިމެނެ އެވެ.
"މިސާލަކަށް ފުޓުބޯޅަ ކުޅޭ މީހަކު މެޗް ފެށުމުގެ ކުރިން މެޗް ތެރޭގައި އެންޑިއުރެންސް ރަނގަޅު ކުރުމަށް ބޭނުން ކުރެވޭނެ. އަދި ބްރޭކް ގަޑިއާ، މެޗް ނިންމާފަ ބޭނުން ކުރެވޭނެ އެއްޗެހި ވެސް އެބަހުރި އަޅުގަނޑުމެން އަތުގައި،" ސޮބާ ވިދާޅުވި އެވެ.
ސޮބާ ވިދާޅުވީ އައިލެންޑާސް އިން ވިއްކަމުން އަންނަނީ ބޭރު ގައުމުތަކުގައި ވެސް ކުޅިވަރު ކުޅޭ މީހުން ވެސް ބޭނުން ކުރަމުން އަންނަ މަޝްހޫރު އަދި ކޮލެޓީ ބްރޭންޑްތައް ކަމަށެވެ.
"ފުޓްބޯޅަ ކުޅޭ މީހެއްގެ އިތުރުން މިސަލާކަށް ފަތާ މީހަކަށް ވެސް މި ބޭނުން ކުރެވޭނެ. ބޭރުގެ މަޝްހޫރު ފަރާތްތަކުން ވެސް ބޭނުން ކުރާ އެއްޗެހި މިއީ،" ސޮބާ ވިދާޅުވި އެވެ.
ރާއްޖޭގެ މާކެޓުގައި އެންމެ ހެޔޮ އަގެއްގައި މި ބާވަތްތައް ވިއްކަން ހުންނާނީ ވެސް އައިލެންޑާސްގައި ކަމަށް ސޮބާ ވިދާޅުވި އެވެ. އަދި އައިލެންޑާސްގެ އަމާޒަކީ ވީހާ ވެސް ހެޔޮ އަގެއްގައި، އާންމުންނާ ހަމައަށް ފެންވަރު ރަނގަޅު ތަކެތި ވިއްކުން ކަމަށެވެ.
އައިލެންޑާސް ނިއުޓްރީޝަންގެ ޕްރޮޑަކްޓްތައް އެތަނަށް ގުޅުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ސޮބާ ވިދާޅުވި އެވެ. އަދި އެއާ އޭޝިއާގެ ރެޑްބޮކްސް ހިދުމަތް މެދުވެރިކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޑެލިވަރީ ކޮށްދޭން ހަމަޖެހިފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.