08 އޮކްޓޯބަރ 2017 - 22:57

އައްޑޫ ހިތަދޫގައި ދެ މީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ކުޑަ ކުއްޖަކު ޒަޚަމްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި ދެ ކުޑަކުދިންގެ މެދުގައި ހިނގި މި މާރާމާރީ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭގެ 10:15 ހާއިރެވެ.
އެ ހާދިސާގައި ޒަޚަމްވި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ އަށް ހިތަދޫ ސަރަހައްދީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މި ހާދިސާގައި ބައިވެރިވި އަނެއް ކުއްޖާ އަށް ވެސް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ.
މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް އަދިއެއް ނޭނގެ އެވެ.