09 އޮކްޓޯބަރ 2017 - 06:24

ނޯވާ ލޯންޗާ ކޮށްދޭ ކަމަކީ އެންޑްރޮއިޑް ފޯނުގެ ހޯމް ސްކްރީން ބަދަލުކޮށްލުމެވެ. އެ މީހަކު ބޭނުން ގޮތަކަށް، ކޮންމެ މީހަކަށް ކަމުދާ ގޮތަކަށެވެ. ނޯވާ ލޯންޗާ މަޝްހޫރުވާން މެދުވެރިވި ސަބަބަކީ ވެސް އެއީ އެވެ.

އެންޑްރޮއިޑް ފޯނުތައް ފެކްޓަރީން ނެރެނީ ކޮންމެވެސް ކަހަލަ ލޯންޗާއެއް އަޅައިގެންނެވެ. އޭގައި ބޭނުންކުރާ މީހުން އެދޭހާ ފަސޭހަތަކެއް ގިނަ ފަހަރު ނުހުރެ އެވެ. އެންޑްރޮއިޑް ފޯނު ސްމާޓްފޯނެއް ގޮތުގައި ބޭނުންކުރުމަށް ލޯންޗާ އެޕްލިކޭޝަންގައި ގިނަ ފަސޭހަތަކެއް ހުންނަން ޖެހެ އެވެ.
އެންޑްރޮއިޑް މާކެޓްގައި މި ވަގުތު ހުރި ލޯންޗާތައް ލިސްޓްކުރަން ވެސް އުނދަގުލެވެ. އެހާ ވެސް ގިނަ އެވެ. އެއީ ތަފާސްހިސާބު ބަލަހައްޓާ މީހަކު ނޫނީ ކުރަން ބޭނުންވާނެ ކަމެއް ވެސް ނޫނެވެ.
ގޫގުޕް ޕްލޭ ސްޓޯރުގައި ހުރި ލޯންޗާތަކުގެ ތެރެއިން ހިތްގައިމުކަމަށް ބަލައި އެންމެ ފުރަތަމަ ހުނިޖަހާލެވޭނެ ކަމަށް ބެލެވެނީ ނޯވާ ލޯންޗާގަ އެވެ. ހަމަގައިމުވެސް އެކަން އަހަންނާ ހަވާލުކޮށްވި ނަމަ ވާނެ ގޮތް މި ބުނީ އެވެ.
ފޯނު ގަންނައިރު އިންނަ ލޯންޗާގެ ބަދަލުގައި އެހެން ލޯންޗާއެއް އަދި ބޭނުންނުކުރާ ނަމަ، މަޑުކުރުން ވާނީ ހިތާމައަކަށެވެ. ފޯނުން ކުރެވެން ހުރި ބޭނުންތައް ފަސޭހަކޮށްދިނުމަށް ލޯންޗާތައް ވައުދުވެފައި ވާއިރު، އެއީ ތެދެއްތޯ ބަލާލުމަކީ ހަމަ މުޅިން ހިލޭ ކުރެވެން އޮތް ކަމެކެވެ.
ނޯވާ ލޯންޗާގައި އައިކަންތައް ބޭނުން ސައިޒަކަށް ބަދަލުކޮށްލެވެ އެވެ. އެޕްލިކޭޝަންތަކަށް "ޝޯޓްކަޓް" އައްޔަންކުރުމާއި، ހޯމް ސްކްރީން އައިކަންތަކަށް ހަދާނެ ގޮތް ބުނެދޭ "ސަބް މެނޫ"ތަކާ ހެދި ވެސް، ނޯވާ ލޯންޗާ ދޫކޮށްލާހިތް ނުވެ އެވެ. އަޖުމަބަލާލަން ބުނަމެވެ.