09 އޮކްޓޯބަރ 2017 - 06:25

"ބާޣީ"ގެ ދެ ވަނަ ފިލްމު "ބާޣީ 2" އަށް ޓައިގާ ޝްރޮފް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. ޓައިގާ ބުނި ގޮތުގައި ފިލްމުގެ ރޯލަށް ފިޓްވާން އޭނާ މިހާރު ވަނީ ފަސް ކިލޯ ބަރުވެފަ އެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް ގޮންޖެހުން ބޮޑު ފިލްމެއް. މިހާތަނަށް އަހަރެންގެ ހަށިގަނޑަށް ފަސް ކިލޯ އިތުރުކޮށްފިން. ފުރަތަމަ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމަކަށް ވުމާއެކު ދެ ވަނަ ފިލްމު އެއަށް ވުރެ ވެސް މޮޅުވާނެ ކަަމަށް ގިނަ ބަޔަކު އުންމީދު ކުރޭ. އެހެންވެ މީހުން އުންމީދުކުރާ ވަރުގެ މޮޅު ފިލްމެއް ކުޅެވޭތޯ މަސަައްކަތް މިކުރަނީ،" ޓައިގާ ބުންޏެވެ.
މިހާރު ފިލްމުގެ ފުރަތަމަ ޝެޑިއުލް ނިމިފައިވާ ކަމަށާއި ދެ ވަނަ ޝެޑިއުލް ހޮނިހިރު ދުވަހު ފަށާނެ ކަމަށް ވެސް ޓައިގާ ބުންޏެވެ.
ފުރަތަމަ ފިލްމުގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރު ނަމަވެސް "ބާޣީ 2" ގައި ޓައިގާ އާއެކު ބަތަލާގެ ރޯލު ކުޅެނީ އޭނާގެ ހަގީގީ ލޯބިވެރިޔާ ދިޝާ ޕަޓާނީ އެވެ.
ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ސައްބީރް ޚާން ނަމަވެސް ދެ ވަނަ ބައި ޑައިރެކްޓްކުރަނީ ކޯރިއޯގްރާފަރު-ޑައިރެކްޓަރު އަހުމަދު ޚާނެވެ.