ޔޫރިން އިންފެކްޝަނުން ސަލާމަތްވާން އަންހެން ގިނައިން ފެން ބޯންޖެހޭ
ޔޫރިން އިންފެކްޝަނުން ސަލާމަތްވާން އަންހެން ގިނައިން ފެން ބޯންޖެހޭ

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ އާންމުކޮށް އަހަރެމެން ކިޔާ ގޮތުން ނަމަ ޔޫރިން އިންފެކްޝަން އުފެދިގެން އުޅެން ޖެހޭ ހެއްޔެވެ؟ ފަހުގެ ދިރާސާއެއް ބުނާ ގޮތުން އަންހެނުން ދުވާލަކު 1.5 ލީޓަރު ފެން ބުއިމުން ޔޫޓީއައިގެ މައްސަލަތައް ދިމާވާލެއް މަދުކުރެވޭނެ އެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ޑައިބެޓީސް އެންޑް ކިޑްނީ ޑިޒީޒްއިން ބުނާ ގޮތުގައި 40-60 ޕަސެންޓް އަންހެނުންނަށް ހަޔާތުގައި އެއް ފަހަރު ނަމަވެސް ޔޫޓީއައި މައްސަލަ ކުރިމަތިވެ އެވެ. އަދި މީގެ ތެރެއިން 25 ޕަސެންޓް މީހުންނަކީ، މައްސަލަޔާ މެދު އަޅާނުލައި ހުރެފި ނަމަ ތަކުރާރުކޮށް އެ މައްސަލަ ދިމާވާ މީހުން ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

ވޭން ހުރި މި މައްސަލަ ހައްލުކުރަން އޮތް އެންމެ ފަސޭހަ ގޮތަކީ ގިނައިން ފެން ބުއިން ކަމަށް ދިރާސާ ކުރި ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުގައި ފިރިހެނުންގެ ޔުރެތުރާ އަށް ވުރެ އަންހެނުންގެ ޔުރެތުރާ ކުރެވެ. ޔުރެތުރާ އަކީ ޔޫރިނަރީ ބްލެޑާ އާއި ޔޫރިނަރީ މީޓަސް ގުޅާލަދޭ ޓިއުބެވެ. ހަށިގަނޑުގައި ހުންނަ ދިޔާ އެއްޗެހި ބޭރުކޮށްދެނީ މި ނިޒާމުގެ ތެރެއިންނެވެ.

އަންހެނުންގެ ކުރިމަތިފަރާތާއި ފުރަގަސް ފަރާތުގައި ހުންނަ ޖަރާސީމުތައް މި ހޮޅި ތެރެއަށް ފަސޭހައިން ދަނީ ޔުރެތުރާ ކުރުވީމަ އެވެ. އަދި ފިރިހެނުންނަށް ޔޫޓީއައި މައްސަލަތައް ދިމާވާލެއް މަދީ އެ ހޮޅި ދިގުވީމަ އެވެ.

އެހެންކަމުން ގިނައިން ފެން ބުއިމުން ބްލެޑާއިން ޖަރާސީމުތައް ހަށިގަނޑުން ބޭރުކޮށްލަން އެހީތެރިކަން ލިބެ އެވެ. އަދި ހަށިގަނޑަށް އެތެރެވާ ޖަރާސީމުތައް ބްލެޑާގައި އިތުރު ނުވެ ވީހާވެސް ގިނަ ބެކްޓީރިއާއެއް ބޭރު ކުރެވޭނީ ފެން ގިނައިން ބޮއެގެން ކުޑަކަމު ދިއުން އިތުރުވުމުންނެވެ.

ފެން ބޯނަމަ ކުޑަކަމުދާ ހޮޅީގައި ހުންނަ ސެލްތަކުގައި ޖަރާސީމު ހަރުލުމުގެ ފުރުސަތު ވެސް ކުޑަވެގެން ދާނެ އެވެ. ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އުފެދެނީ އެކަށީގެންވާ މިންވަރަށް ފެން ނުބޮވުމުގެ ސަބަބުން ހޮޅީގައި ހުންނަ ސެލްތަކުގައި ޖަރާސީމު އަށަގަންނާތީ އެވެ.

މި ދިރާސާ ކުރުމަށް ސައިންސްވެރިން ބޭނުންކުރީ އިއްދައިން ކެނޑުމުގެ މަރުހަލާގައި އުޅޭ 140 އަންހެނެކެވެ. މި މީހުންގެ ތެރެއިން އެވްރެޖްކޮށް ފެން ބޯ މިންވަރު އިތުރު ކުރި މީހުންނަށް ޔޫޓީއައިގެ މައްސަލަ ދިމާވި މިންވަރު 1.6 ގުނަ މައްޗަަށް ދިޔައިރު ފެން ބުއިން މަދުކޮށްލި މީހުންނަށް މި މައްސަލަ ދިމާވި މިންވަރު 3.1 ގުނަ އަށް އިތުރުވެގެން ދިޔަ އެވެ.