ރެކް އިޓް ރަލްފް ދެކެ ލޯބިވި މީހުންނަށް އުފާވެރި ހަބަރެއް
ރެކް އިޓް ރަލްފް ދެކެ ލޯބިވި މީހުންނަށް އުފާވެރި ހަބަރެއް

ޑިސްނީގެ 2012 ގެ އެނިމޭޓެޑް ފިލްމް "ރެކް އިޓް ރަލްފް" ގެ ފޭނުންނަށް އެ ސްޓޫޑިއޯ އިން ވަރަށް އުފާވެރި ހަބަރެއް އިއްޔެ ދީފި އެވެ. އެއީ ފިލްމުގެ ދެ ވަނަ ބައެއް ބެލުންތެރިންނާ ހަމަ އަށް ގެނެސް ދޭން ނިންމި ވާހަކަ އެވެ.

ރެކް އިޓް ރަލްފް ދެކެ ލޯބިވި މީހުންނަށް އުފާވެރި ހަބަރެއް
ރެކް އިޓް ރަލްފް ދެކެ ލޯބިވި މީހުންނަށް އުފާވެރި ހަބަރެއް

އެކަމަކު 2018 އާ ހަމައަށް ޖެހޭނީ އިންތިޒާރެއް ކޮށްލާށެވެ. ޑިސްނީން ބުނީ "ރެކް އިޓް ރަލްފް 2" ސިނަމާތަކަށް ވަންނާނީ މާޗް 18، 2018 ގައި ކަމަށެވެ.

ފޭސްބުކް މުވެރިކޮށް ފޭނުންނާ ވާހަކަ ދައްކަމުން އެ ފިލްމްގެ ޑައިރެކްޓަރު ރިޗް މޫ ބުނީ އޭގެ ދެވަނަ ބައި ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދޭނީ ޕްރިކްއެލްގެ އިތުރުން ބޮކްސް އޮފީހުގައި ރެކޯޑް ހެދި ޑިސްނީގެ "ޒޫޓޯޕިއާ" ގެ ސްކްރިންޕްލޭ ވެސް ލިއުނު ފިލް ޖޯންސްޓަން އާ ގުޅިގެން ކަމަށެވެ.

އަދި "ރެކް އިޓް ރަލްފް" ގެ ކޯ ޑައިރެކްޓަރުގެ ޒިންމާ ވެސް މި ފަހަރު ފިލް އަދާ ކުރާނެ އެވެ.

މޫ ބުނީ "ރެކް އިޓް ރާފް" ގެ މަސައްކަތްތަކުން އަތް ދޫކޮށްލުމާ އެކު އޭގެ ދެވަނަ ބައި ފައްކާ ކުރުމުގެ މަސައްކަތް އޮތީ ފަށާފައި ކަމަށެވެ.

"އަހަރެމެންނަށް ކުރިން ވެސް އެނގޭ މީގެ ކެރެކްޓާތަކަކީ ކުރިއަށް ގެންދެވިދާނެ ކެރެކްޓާތަކެއްކަން. އެހެންވެ ސްޓޯރީ ރާވައިގެން ސްކްރިޕްޓް ޑިވެލޮޕް ކުރީ،" މޫ ބުންޏެވެ. "ބެލުންތެރިން ބަލާހިތްވާ ކަހަލަ ސްޓޯރީލައިނަކާ އެކު މީގެ ދެވަނަ ބައި ފައްކާވެގެން ސްކްރީނާ ހަމައަށް އަންނާނީ. އެ ޔަގީންކަން ދެން."

"ރެކް އިޓް ރަލްފް" ގެ ކެރެކްޓާތަކަށް އަޑު އަޅައި ދިން ފަންނާނުން މި ފަހަރު ވެސް އެ މީހުންގެ އަޑާ އެކު އެނބުރި އަންނާނެ ކަމަށް ބެލެވެ އެވެ.

މިހާރު ވެސް ކަށަވަރުވާ ކަމަކީ ރަލްފްގެ ކެރެކްޓާ އަށް ޖޯން ސީ ރެއިލީ އަޑު އަޅައި ދޭނެ ކަމެވެ. އެކަމަކު ފިލްމުގެ އިތުރު ތަފުސީލަކަށް ދާކަށް ޑިސްނީން އަދި ބޭނުމެއް ނުވެ އެވެ.

އޮކްޓޯބަރު 29، 2015 ގައި ރިލީޒް ކުރި "ރެކް އިޓް ރަލްފް" ވަނީ ބޮކްސް އޮފީހުގައި 471.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

ޑިސްނީގެ ކުރިއަށް ހުރި އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނީ ޑިސެމްބަރު 23 ގައި ރިލީޒް ކުރާ "މޮއާނާ" އެވެ.