ހިލޭ މޫދުކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭ ދިރާގު "ޔޫތު ފެސްޓް" ފަށައިފި
ހިލޭ މޫދުކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭ ދިރާގު "ޔޫތު ފެސްޓް" ފަށައިފި

ހިލޭ މޫދުކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭ ދިރާގު "ޔޫތު ފެސްޓް" ވިލިމާލޭގައި ފަށައިގެން ކުރިއަށް އެބަދެ އެވެ.

ހިލޭ މޫދުކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭ ދިރާގު "ޔޫތު ފެސްޓް" ފަށައިފި
ހިލޭ މޫދުކުޅިވަރު ކުޅުމުގެ ފުރުސަތު ލިބޭ ދިރާގު "ޔޫތު ފެސްޓް" ފަށައިފި

ދިރާގުން ބުނީ ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގައި ކުރިއަށްދާ ޔޫތު ފެސްޓް އިރުއޮއްސި ހައެއް ޖެހުމާއަށް ކުރިއަށްދާނެ ކަމަށެވެ. މި ހަރަކާތްތައް ފެށުނީ މިއަދު ހެނދުނު އެވެ.

ހިލޭ މޫދު ކުޅިވަރު ކުޅެވުމުގެ އިތުރުން، އެ ސަރަހައްދުގައި ލައިވް މިއުޒިކާ އެކު ބާބެކިއުއެއް ވެސް ކުރިއަށް ދާނެ އެވެ. އަދި ތަފާތު ބީޗް ކުޅިވަރުތައް ވެސް ކުރިއަށް ދާނެ އެވެ.

އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނިން ބުނީ، ޔޫތު ފެސްޓްގެ މަގުސަދަކީ ވީހާ ވެސް ގިނަ ޒުވާނުންނަށް މޫދު ކުޅިވަރުތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިން ކަމަށެވެ.

މި ހަރަކާތުގެ އިތުރުން ވެސް ދިރާގުން ޒުވާނުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގަ އެވެ. ޒުވާނުންގެ އިތުރުން އާންމުންގެ ބޭނުންތަކަށް އެންމެ އެކަށީގެންވާ ޕެކޭޖްތައް ފަރުމާކޮށް، ޕްރޮމޯޝަންތައް ވެސް އެ ކުންފުނިން އަންނަނީ ހިންގަމުންނެވެ.