"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން
"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން

އޮސްކާ ހޯދި "ސްލަމް ޑޮގް މިލިއަނާ" އާއި "ލައިފް އޮފް ޕައި" އަކީ އިންޑިއާ އާ ވަކި ކުރެވޭނެ ފިލްމުތަކެއް ނޫނެވެ.

"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން
"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން

ޑެނީ ބޮއިލް 2008 ވަނަ އަހަރު ގެނެސް ދިން "ސްލަމްޑޮގް މިލިއަނާ" އަކީ އިންޑިއާގެ ތަރިންނާ އެކު، އިންޑިއާގެ ހަގީގީ ވާހަކަ ގެނެސްދިން ފިލްމެކެވެ. އަނެއްކޮޅުން ފިލްމުގެ ލީޑް ދެ އެކްޓަރުން ކަމަށްވާ ދޭވް ޕަޓޭލް އާއި ފްރެއިޑޯ ޕިންޓޯއަކީ މިހާރު ހޮލީވުޑްގެ ތަރިން ކަމަށް ވިޔަސް އެއީ އިންޑިއާ އަށް ނިސްބަތްވާ ފަންނާނުންނެވެ.

"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން
"ލަވް ސޯނިއާ" އިންޑިއާގެ ރަހަތަކާ އެކު، އާދައިގެ ފިލްމެއް ނޫން

ދެން އޮތީ 2012 ގައި ރިލީޒްވި ޑައިރެކްޓަރު އެންގް ލީގެ "ލައިފް އޮފް ޕައި"ގެ ވާހަކަ އެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅުނީ އިންޑިއާގެ ސޫރަޖް ޝަރްމާ އެވެ. މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ތައްބޫ އާއި އިރްފާން ހާން އެ ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިފައިވެ އެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް އިންޑިއާގެ ވާހަކައެއް ގެނެސްދޭ ފިލްމެކެވެ. އިންޑިއާގެ ބޮޑު ކާސްޓަކާ އެކުގަ އެވެ.

ފިލްމުގެ ނަމަކީ "ލަވް ސޯނިއާ" އެވެ. މި ފިލްމަކީ "ސްލަމްޑޮގް މިލިއަނާ" އާއި "ލައިފް އޮފް ޕައި" ގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ތަބްރޭޒް ނޫރާނީގެ ފުރަތަމަ ޑައިރެކްޝަނެވެ.

އެހެންވެ މި ފިލްމަކީ އެއްގޮތަކަށް ވެސް އާދައިގެ ފިލްމަކަށް ނުވާނެ އެވެ.

ޓީވީ ސިލްސިލާ "ކުމްކުމް ބަގިޔާ" އިން ވިދާލި މުރުނާލް ތާކޫރް، 23، ޓައިޓްލް ރޯލުން ފެނިގެންދާ "ލަވް ސޯނިއާ" ގައި ދައްކުވައި ދޭނީ އިންޑިއާގެ އަވަށަކަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކު ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވެ، ޖިންސީ ވިޔަފާރީގެ އަނދިރި ފަރާތުގައި ތާށިވެ އޭނާގެ ދިރިއުޅުން ބަދަލުވެގެން ދާ ގޮތެވެ.

"ލައިފް އޮފް ޕައި" ގެ ޕްރޮޑިއުސަރު ޑޭވިޑް ވޮމާކް ޕްރޮޑިއުސް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި "އިންޑީސަންޓް ޕްރޮޮޕޯސަލް" ފަދަ ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޑެމީ މޯ، "ދަ ލީގް" ގެ ތަރި މާކް ޑުޕްލަސް އަދި ފްރެއިޑާ ހިމެނެ އެވެ.

މީގެ އިތުރުން އިންޑިއާގެ މަޝްހޫރު ތަރިންތަކެއް ފިލްމުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި މަނޯޖް ބަޖްޕާއީ، އަނޫޕަމް ކޭރް، ރިޗާ ޗައްޑާ، ރާޖް ކުމާރް ރާއޯ އަދި އާދިލް ހުސައިން ހިމެނެ އެވެ.

"އަހަންނާއި ތަބްރޭޒާ ދިމާވީ ލައިފް އޮފް ޕައިގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު. އޭރު އޭނާ ލަވް ސޯނިއާގެ ކޮންސެޕްޓް އަހަންނާ ހިިއްސާ ކުރި. އަދި އަހަންނަށް ވަރަށް ކަމުދިޔަ އެއްޗަކަށްވީ. އެހެންވެ މީތި ސްކްރީނަށް ގެންނަން ނިންމީ،" ޑޭވިޑް ބުންޏެވެ. "ހިއުމަން ޓްރެފިކިން އިންޑިއާގައި އޮތް މިންވަރު ވަރަށް ބޮޑަށް ރިސާޗްކޮށްގެން ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ."

"ލަވް ސޯނިއާ" ގެ ޝޫޓިން އެޕްރީލް މަހު ފެށީ އިންޑިއާގެ މުމްބާއީންނެވެ. ހޮންކޮންގާއި އެލްއޭގައި ވެސް ނަގަން ޖެހޭ މަންޒަރުތައް ނަގައި މިހާރު ވަނީ ނިންމާލައިފަ އެވެ.

ފިލްމް އަންނަ އަހަރު ރިލީޒް ކުރާނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.