ބަނގުރާ ކައްކަން ތިއްބާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި
ބަނގުރާ ކައްކަން ތިއްބާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ ކައްކަން ތިބި ދެ ބިދޭސީއަކު ގިނަ އަދަދެއްގެ ބަނގުރަލާ އެކު މާލެއިން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކައްކަން ގެއެއްގެ ތެރޭގައި ތިއްބާ އަތުލައިގަތީ އިންޑިއާ މީހަކާއި ބަންގްލަދޭޝް މީހެއް ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން އެ ގެއަށް ވަދެ އެ މީހުން ހައްޔަރުކޮށް، ފާސް ކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 60 ފުޅި އާއި ބަނގުރާ ކައްކަން ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.