05 އޮކްޓޯބަރ 2017 - 15:07

ލަސް ވެގަސް (އޮކްޓޯބަރު 5) - އެމެރިކާގެ ލަސް ވެގަސްގައި ބަޑިޖަހާ 58 މީހުން މަރާލި ސްޓެފަން ޕެޑޮކުގެ ލޯބިވެރިޔާ އަށް އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުނެފި އެވެ.
ޕެޑޮކުގެ ލޯބިވެރިޔާ މަރިލޫ ޑަންލޭ މިހެން ބުނި އިރު ފުލުހުން ބުނެފައި ވަނީ ޕެޑޮކު އުޅެފައި ވަނީ ވަރަށް ސިއްރު ދިރިއުޅުމެއް ކަމަށެވެ. އެފްބީއައިއާ ވާހަކަ ދައްކަމުން ޑަންލޭ ބުނެފައި ވަނީ ޑެޕޮކް ހިންގި އަމަލަށް އޭނާ އަށް ވެސް ލިބިފައި ވަނީ ބޮޑު ޝޮކެއް ކަމަށެވެ.
"ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކަ ޕެޑޮކް ދައްކައިފައެއް ނުވޭ،" ވަކީލް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ޑަންލޭ ބުނެފައިވެ އެވެ.
ބަޑި ޖެހި ހާދިސާ އަަށް ފަހު ފިލިޕީންސްގައި ހުރެފައި ޑަންލޭ އެމެރިކާ އަށް ދިޔައީ އޭނާ އަމިއްލަ އަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ލޮސް އެންޖަލްސް އެއާޕޯޓަށް ފޭބުމާ އެކު އެފްބީއައި އިން ވަނީ ޑަންލޭއާ ސުވާލު ކުރަން ފަށައިފަ އެވެ.
ޑަންލޭ އަށް 100،000 ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި އޭނާ ބުނީ އެއީ ގެއެއް ގަންނަންް ޕެޑޮކް ދިން ފައިސާ ކަމަށެވެ.
ޑަންލޭގެ ކޮއްކޮއަކު ބުނެފައި ވަނީ ލަސް ވެގަސް އިން ބޭރަށް ޑަންލޭ ފޮނުވާލީ ހަމަލާ ދޭން ފަސޭހައަކަށް ކަމަށެވެ.