05 އޮކްޓޯބަރ 2017 - 10:33

ޒަހަމްތަކަކާއެކު ހުޅުމާލޭގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނި ގޮތުގައި މިއަދު ނުވައެއް ޖަހަނިކޮށް އެ ހޮސްޕިޓަލަށް ގެނައި އެ މީހާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"ފުލުހުން އެ މީހާ ގެނައީ. އެ ހާދިސާ ހިނގި ގޮތެއް އަދި ނޭނގޭ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީ ފިރިހެން މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ދަމާސް ސައިޓްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ ހެނދުނު 8:30 ހާއިރެވެ. މަރުވެފައި އޮއްވާ ފެނުނީ ބަނގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުންޏެވެ.