ބަޑި ޖެހި މީހާގެ ލޯބިވެރިޔާ އަށް އެއް ލައްކަ ޑޮލަރު، ކޮޓަރީގައި ހުރީ ކެމެރާ ހަރުކޮށްފައި
ބަޑި ޖެހި މީހާގެ ލޯބިވެރިޔާ އަށް އެއް ލައްކަ ޑޮލަރު، ކޮޓަރީގައި ހުރީ ކެމެރާ ހަރުކޮށްފައި

ލަސް ވެގަސް (އޮކްޓޯބަރު 4) - އެމެރިކާގެ ލަސް ވެގަސްގެ ކޮންސެޓަކަށް ބަޑި ޖަހާ 58 މީހުން މަރާލި މީހާ ވަނީ ހަމަލާ ދިނުމުގެ ދުވަސް ކޮޅެއް ކުރިން ފިލިޕީންސްގައި ހުރި އޭނާގެ ލޯބިވެރިޔާ އަށް 100،000 ޑޮލަރު ޓްރާންސްފާކޮށްފައި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބަޑި ޖެހި މީހާގެ ލޯބިވެރިޔާ އަށް އެއް ލައްކަ ޑޮލަރު، ކޮޓަރީގައި ހުރީ ކެމެރާ ހަރުކޮށްފައި
ބަޑި ޖެހި މީހާގެ ލޯބިވެރިޔާ އަށް އެއް ލައްކަ ޑޮލަރު، ކޮޓަރީގައި ހުރީ ކެމެރާ ހަރުކޮށްފައި

ހަމަލާ ދިން ސްޓެފަން ޕެޑޮކުގެ ލޯބިވެރިޔާ މަރިލޫ ޑަންލޭ، 62، އިއްޔެ ވަނީ އެމެރިކާ އަށް ގޮހެވެ. އޭނާއާ އެފްބީއައި އިން މިހާރު ދަނީ ސުވާލު ކުރަމުންނެވެ. އަދި ޕެޑޮކް އެ ހަމަލާ ދިނީ ކޮން ސަބަބަކާތޯ މިހާރު ދަނީ ބަލަމުންނެވެ. މިއީ އެމެރިކާގެ ފަހުގެ ތާރީޚުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ. އޮފިޝަލުން ބުނާ ގޮތުގައި ކުރީގެ އެކައުންޓެންޓެއް ކަމަށްވާ ޕެޑޮކަކީ ޖުވާ ކުޅޭ މީހެކެވެ. އަދި ޖުވާ ކުޅެން އޭނާ ދުވާލަކު 10،000 ޑޮލަރު ހޭދަކުރާ ކަމަށް ބައެއް އޮފިޝަލުން ބުނެފައިވެ އެވެ.

ލަސް ވެގަސްގެ މަންޑަލާ ބޭ ހޮޓަލުގައި ޕެޑޮކް ހުރި އަގު ބޮޑު ކޮޓަރީގެ އެކި ދިމަދިމާލުގައި އޭނާ ހުރީ ކެމެރާ ހަރުކޮށްފަ އެވެ. އެހެންވެ ތަހުގީގު ހުރާ ފަރާތްތަކުން ލަފާކުރަނީ މިއީ އެ ހަމަލާ ދިނުމަށް އޭނާ ދުރާލާ ތައްޔާރުވެފައިވާކަން އަންގައިދޭ ކަމެއް ކަމަށެވެ. ހަމަލާ ދިން ރޭ، ޕެޑޮކް ހުރި ހޮޓަލުގެ ދޮރުމަތިން ދިޔަ ސެކިއުރިޓީ ގާޑެއްގެ ގަޔަށް ބަޑި ޖަހާ އޭނާގެ ފައި ޒަޚަމްކޮށްލި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޕެޑޮކް ހުރި ހޮޓަލުން ވަނީ ކޮމްޕިއުޓަރަކާއި 23 ބަޑި ފުލުހުން ހޯދައިފަ އެވެ. އަދި ޕެޑޮކުގެ ގެ އިން ވަނީ އިތުރު 19 ބަޑި ހޯދައިފަ އެވެ. އެފްބީއައި އިން މިހާރު ދަނީ އެހާ ބައިވަރު ހަތިޔާރު ޕެޑޮކް ހޯދި ގޮތަކާއި އެ ހަތިޔާރު ހޮޓަލަށް ވެއްދި ގޮތެއް ބަލަމުންނެވެ.