މޯލްޑިވިއަނުން އާ ކާގޯ އޮފީހެއް މާލޭގައި ހުޅުވައިފި
މޯލްޑިވިއަނުން އާ ކާގޯ އޮފީހެއް މާލޭގައި ހުޅުވައިފި

މޯލްޑިވިއަން އިން އާ ކާގޯ އޮފީހެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯ އައިފާނު ބިލްޑިންގްގައި މޯލްޑިވިއަނުން އަލަށް ހެދި ކާގޯ އޮފީސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެތަން ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ޕާރުސަލެއް ފޮނުވަން ކާގޯ ކައުންޓަރާ ހަވާލުކުރެއްވި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނީގެ ހެޑް އޮފް ކާގޯ އަހުމަދު ޒަރީރު ވިދާޅުވީ އެ ކުންފުނިން އެންމެ ފުރަތަމަ ކާގޯ އޮފީހެއް ހުޅުވައިގެން 2011 ވަނަ އަހަރު ހިދުމަތް ދޭން ފެށި އިރު ދުވާލަކު ލިބެނީ ފަސް ވަރަކަށް ޕާރުސަލް ކަމަށެވެ. ނަމަވެސް މިހާރު ދުވާލަކު 100 ޕާރުސަލް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިން މޯލްޑިވިއަންގެ ޓިކެޓް ވިއްކާ އޮފީސް ހިންގި އައިފާނު ބިލްޑިންގްގެ ފުރަތަމަ ބުރީގައި ހެދި އޮފީހުގައި ކާގޯގެ ހިދުމަތް ދިނުމަށް ދެ ކައުންޓަރު ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ކައުންޓަރާއެކު ރޯލާ ބެލްޓެއް ވެސް ގާއިމުކޮށްފައިވެ އެވެ.

"މިއީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު އަޅުގަނޑުމެން ގާއިމުކުރި އޮފީހެއް. މި ތަނުގައި ހިދުމަތް ދިނުމަށް ދެ ކައުންޓަރާއެކު ރޯލާ ބެލްޓެއް ވެސް ގާއިމުކޮށްފައިވާނެ،" މޯލްޑިވިއަނުން ބުންޏެވެ.